ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޖްތިމާއީ ކޮމެޓީގެ މުގައްރިރުކަމުން އީސަ ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިޖުތުމާއީ ކޮމެޓީގެ މުގައްރިރު ކަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ ވަކި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުން މިހާރު ދަނީ ތަހުގީގް ކުރަމުންނެވެ. އެނގިފައިވާގޮތުގައި ގެވެށި އަނިޔާގެ މައްސަލާގައި މެންބަރު އީސަގެ ބަޔާންވެސް ފުލުހުން ނަގާފައިވެއެވެ. މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ކުރިން ބުނެފައިވަނީ، ވަކިވަކި ފަރުދުންގެ މައްސަލަތައް ހާމަނުކުރާކަމަށެވެ.

އިޖްތިމާއީ ކޮމިޓީގެ ނައިބު މުގައްރިރު އަދި ރައްޔިތުންގެ މަޖިލިހުގެ މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވީ މުގައްރިރު އީސަގެ މައްޗަށް ބޮޑު ތުހުމަތެއް ކުރެވިފައިވާތީ އޭނާ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ އީސަ މުގައްރިރު ކަމުން ވަކި ކުރުމަށް ކޮމިޓީގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު އެ ކަމުގެ ނޯޓިސް މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

އިޖުތިމާއީ ކޮމިޓީގައި އެންމެ މެމްބަރެއް ފިޔަވާ އެހެން ހުރިހާ މެމްބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ.

އީސަ އޭނާގެ އަންހެނުންނަށް ގެވެށި އަނިޔާކުރި މައްސަލައިގައި އޭނާ ހައްޔަރު ކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: