ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓު ހަދަން ނެރުނު 16 ރަށުގެ އަގު ކުޑަކޮށްފި

ތ. އޮޅުފުށި ފިނޮޅު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަން ތަރައްގީކުރުމަށް އެންމެ ފަހުން ބީލަމަށް ހުޅުވާލި ރަށްތަކުގެ އަގު ކުޑަކޮށްފި އެވެ.

ޓޫރިޒަމް އިން ވަނީ ރާއްޖޭގެ އުތުރާއި ދެކުނު ހިމެނޭހެން 16 ރަށެއް، ރަށްތަކުގެ ކްލަސްޓާ ވެސް ހިމެނޭހެން ފަތުުރުވެރިކަމަށް ހުޅުވާލައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެންމެ ފަހުން ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައެޅި 16 ބިމަކާއި ރަށެއްގެ ލޭންޑް އެކުއިޒިޝަން ކޮސްޓް ދަށް ކޮށްފައިވާ ކަމަށެވެ. ރިސޯޓު ހަދަން ސަރުކާރަށް ދައްކަން ޖެހޭ މި ފައިސާ ދަށް ކުރުމާއެކު ހުރިހާ ރަށަކާއި ބިމަކުން ވެސް އެކިއުޒިޝަން ކޮސްޓް 30 ޕަސެންޓް ކުޑަވެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނީ އެ ރަށްތަކުގެ އަގު ކުޑަކޮށްފައި ވަނީ މިވަގުތު ދުނިޔޭގެ އިންވެސްޓުކުުރުމުގެ މާހައުލަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

މިގެނައި ބަދަލާ އެކު ފަތުރުވެރިކަމަށް ހުޅުވާލި 16 ރަށުގެ އިކުއިޒިޝަން ކޮސްޓަށް އައިސްފައިވާ ބަދަލު؛

  • ހއ. ވެލިފިނޮޅު – 420،000 ޑޮލަރު
  • ހއ. އަލިދުއްފަރު ފިނޮޅު – 350،000 ޑޮލަރު
  • ހދ. ކުޑަފަރު ފަސްގަނޑު – 210،000 ޑޮލަރު
  • މ. ސީދީ ހުރާ / މ. ސީދީ ހުރާ ވެލިގަނޑު، ސީދީހުރާ އާއެކު – 875،000 ޑޮލަރު
  • މ. މާއުސްފުށި – 1،575،000 ޑޮލަރު
  • ތ. ކާއްޑޫ – 70،000 ޑޮލަރު
  • ތ. ކަނިމީދޫ (އުތުރުން 10 ހެކްޓަރު) 1،050،000 ޑޮލަރު
  • ތ. އޮޅުފުށި / އޮޅުފުށި ފިނޮޅު (އޮޅުފުއްޓާއެކު) – 700،000 ޑޮލަރު
  • ލ. ކަށިދޫ – 700،000 ޑޮލަރު
  • ލ. ބޮޑުމުންޏަފުށި – 700،000 ޑޮލަރު
  • ލ. ދޮންބެރެހާ / ހޮޅުރަހާ (ދޮންބެރެހާ އާއެކު) – 525،000 ޑޮލަރު
  • ގއ. މާރެހާ – 1،400،000 ޑޮލަރު
  • ގއ. ފުނަދޫވިލިގިއްލާ – 700،000 ޑޮލަރު
  • ގދ.ކަނޑަހަލަގަލާ – 875،000 ޑޮލަރު
  • ގދ. ކަޑެވާރެހާ (ދިގުރެހާ އާއެކު) / ދިގުރެހާ – 700،000 ޑޮލަރު
  • ގދ. ފެރޭތަވިލިގެއްލާ (ގިނަ ރަށްތަކެއް ހިމެނޭހެން) / ދެކާންބާ (ފެރޭތަވިލިގެއްލާ އާއެކު) / ކޮޑެރެޓާ (ފެރޭތަވިލިގެއްލާ އާއެކު) / ފެރޭތަ ވިލިގެއްލާ ކައިރީ އޮންނަ 2.9 ހެކްޓަރުގެ ކުޑަ ރަށެއް ފެރޭތަ ވިލިގެެއްލާ އާއެކު – 700،000 ޑޮލަރު
ވަރަށް ގަދަ
14%ވަރަށް ގަދަ 57%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: