ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުންވާ މިންވަރަށް އޮކްސިޖަން ނެތް، އުފައްދާނެ ގޮތެއްވެސް ނެތް: މަވޯޓާ

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑް ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ކޮންސެންޓްރޭޝަން ނެތް ކަމަށާއި އޮކްސިޖަން ސިލިންޑަރުތައް ރީފިލް ކުރާނެ ޕްލާންޓްތައްވެސް ނެތްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ޝަރީފް ވިދާޅުވީ ކޮވިޑު ބަލީގައި ރާއްޖެއަށް ވަމުންދާ ގޮތާއި އަދި އަވަށްޓެރި ގައުމުތަކަށް ވަމުންދާގޮތަށް ބަލާއިރު ލައްކަތަނުން ރާއްޖެ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށެވެ. އެހެން ނަމަވެސް، އޮކްސިޖަން ކޮންސެންޓްރޭޝަން އަދި އޮކްސިޖަން ޕްލާންޓްތައްވެސް ނެތްކަން ގަބޫލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިދިކޮޅުގެ ބޭފުޅުންނަށް ސަރުކާރަށް މަލާމާތްކޮށް ފާޑުކިޔާ އުޅެވިދާނެ ކަމަށެވެ. އެއީ އެކަން އޮންނާނެ ގޮތް ކަމަށާއި އެހެންނަމަވެސް ހަމައާއި އިންސާފުން ވާހަކަދައްކާ ކަމުގައިވާނަމަ، އިދިކޮޅުން ބުނާ ހުރިހާ ކަމެއް ކުރުމަކީ މި ވަގުތު ވާނެކަމެއް ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.

“ފުރަ ބަންދަކަށް ދިޔުމަކީ އޮޕްޝަނެއް ނޫން. ރާއްޖޭގެ ރައްޔިތުން ބަނޑަށް ޖެއްސުމަކީ ކުރެވޭނެ ކަމެއް ނޫން. ސަރުކާރަށް އޮތް ހަމައެކަނި އޮޕްޝަނަކީ ބައްޔާއި ދެކޮޅަށް މިވަގުތު ބޭނުންކުރަން ހުއްދަ ދީފައި ހުރި ބޭސްތައް އެތެރެކޮށް ބޭނުންކުރުން” މަވޯޓާ ޝަރީފް

މީގެ އިތުރަށް ޝަރީފް ވިދާޅުވީ ރާއްޖެއަކީ ވެކްސިން އުފައްދާ ގައުމެއް ނޫންކަމަށާއި އެހެން ނަމަވެސް ބައްޔާއި ދެކޮޅަށް ކުރެވެން އޮތް އެންމެ ބޮޑު ކަމަކީ ވެކްސިން ޖެހުންކަން ސިއްހީ މާހިރުންވެސް ފާހަގަކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި މި ވަގުތު އެސްޓްރާޒެނެކާ އެބަހުރިކަމަށާއި މި ވަގުތު ރާއްޖޭގައި ހުރި ޑޯޒްތަކުން ވެކްސިން ނުޖަހާ ތިބި މީހުންނަށް އަވަސް ވެކްސިންގެ ޑޯޒްތައް ފޯރުކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅުންހުރި ހުރިހާ އުސޫލުތަކެއް އެކުލަވާލަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުކަން އެންމެނަށްވެސް އެނގޭ ކަމަށެވެ. އެހެންކަމުން، އާންމުކަމަކަށް ހަދައި އަބަދު އާންމުންނާއި ނޫސްވެރިންނާއި ބައްދަލުކޮށް، ކުރަން ނިންމި ކަންތައްތަކާއި ކުރި ކަންކަމުގެ ވާހަކަ ހިއްސާކުރާކަށް ނުޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.

މިކަމަކީ އެއްވެސް ހާލެއްގައި ޖޯކު ޖަހައި މަލާމާތްކުރާވަރުގެ ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަން ކުރުމަކީ ބަލައިގަނެެވޭނެ ކަމެއް ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ރާއްޖެ މިވެއްޓިފައި އޮތް ފުން އަނދަވަޅުން ސަލާމަތްކުރުމަށް އެހީވުމަށް އިދިކޮޅަށް ވަނީ ގޮވާލާފައެވެ. މިއީ ސިޔާސީ ކަމަކަށްވުރެ ބޮޑަށް ގައުމީ ކަމެއްކަމުގައި ދެކިގެން މިކަމުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރުމަށް ޝަރީފް ވަނީ އިދިކޮޅަށް ގޮވާލާފައެވެ.

ރާއްޖޭގައި ކޮވިޑް ބަލި ފެތުރެމުންދާ މިންވަރު އިތުރުވެ، މިއީ ސަރުކާރަށް ބަލީގެ ކަންކަން މެނޭޖްކުރަން ނޭންގުމުން ކުރިމަތިވި ކަންކަން ކަމަށްބުނެ އިދިކޮޅުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި މިވަގުތު ހުރި ހެލްތު މިނިސްޓަރ އަހުމަދު ނަސީމަށް ބަލި މެނޭޖްކުރުމުގައި އެއްވެސް ކުރިއެރުމެއް ހޯދިފައިނުވާކަމަށާއި، މިނިސްޓަރު ޒިންމާދާރު ކުރުވުމަށް ސަރުކާރުންވެސް އަދި ސަރުކާރަށް ތާއީދުކުރާ މެމްބަރުންވެސް މަސައްކަތެއް ނުކުރާކަމަށް ބުނެ އިދިކޮޅުން އަންނަނީ ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުކުރަމުންނެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 80%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޝަރީފު ނެތޭ ވިދާލުވިޔަސް އޭމް ޑީ ޕީ ގެ މެމްބަރަކު މަޖުލީހުގަ ވާހަކަފުޅު ދައްކަވަމުން ވިދާލުވި ރާއްޖެ އޮތީ ކޮވިޑައް ވަރަށް ބޮޑައް ތައްޔާރީ ވެފަކަމަށާ ސަޕްރައިޒް ވާ ވަރަށް ތައްޔާރު ވެފަ ވާ ކަމަށް. މިހާރު ސަޕްރައިޒް އަތައް ގޮވީތަ؟؟؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: