ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްކަމެއްގެ ތުހުމަތު ކުރެވުނު ވެމްކޯގެ މުވައްޒަފަކު ވަޒީފާއިން އެކަހެރިކޮށްފި

ފޮޓޯ: ވެމްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ވައްކަމެއްގައި ބައިވެރިވި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މުވައްޒަފު މަސައްކަތުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައި ވާކަމަށް އެ ކުންފުނިން ބުނެއފިއެވެ.

ވެމްކޯ އިން ބުނެފައި ވަނީ، މީސްމީޑިޔާގައި ދައުރުވަމުން ދިޔަ ފޮޓޯގައި ވާ ފަރާތަކީ އެ ކޯޕަރޭޝަންގެ ވަޒީފާއާ ވަގުތީގޮތުން ގުޅިފައިވާ ކޮންޓްރެކްޓް ފަރާތެއްްް ކަމަށެވެ.

އަދި މި ހާދިސާއަކީ އެ ކޯޕަރޭޝަނުން އެއްވެސް ގޮތަކަށް ބަލައި ނުގަންނަ، އަދި ނުހަނު ކަންބޮޑުވާ މައްސަލައެއްކަމަށް ވެމްކޯގެ ބަޔާނުގައި ވެއެވެ. އަދި މި މައްސަލައިގައި ޝާމިލްވާ މުވައްޒަފާއި ދޭތެރޭ އެ ކޯޕަރޭޝަނުން ވަނީ ވަގުތުން ފިޔަވަޅު އަޅައި މަސައްކަތުގެ މަސްއޫލިއްޔަތުން ވެސް އެކަހެރިކޮށްފައެވެ.

އަދި މި މައްސަލައިގެ ތަހުގީގަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އެ ކޯޕަރޭޝަނުން ފޯރުކޮށްދެމުން ދާކަމަށާއި މިފަދަ އެއްވެސް މައްސަލައެއްގައި ޝާމިލުވާ އެ ކޯޕަރޭޝަންގެ ކޮންމެ މުވައްޒަފަކާއިމެދު ހަރުކަށި ފިޔަވަޅުއެޅުމަށް ފަސްނުޖެހޭނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މިފަދަ ހައްސާސް ދަނޑިވަޅެއްގައި ދިވެހިރައްޔިތުންނަށް އެންމެ ބޭނުންތެރި އަދި މުހިންމު ޒަރޫރީ ހިދުމަތެއް ދިނުމުގައި ދެމިތިބި ވެމްކޯގެ ހީވާގި މުވައްޒަފުންނަށް، ރައްޔިތުން ކުރައްވާ އިތުބާރަށް ވެމްކޯއިން ވަނީ ފައްފަށުން ޝުކުރު އަދާކޮށްފައެވެ.

މިއަދު އާއްމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ވައްކަން ކުރަން އުޅުނު ދެމީހަކު އަތުލައިގަނެގެން ބަޔަކު އުޅޭ މަންޒަރެވެ. އެދެމީހުންގެ ތެރެއިން އެކަކުގެ ކަރުގައި ވެމްކޯގެ މުވައްޒަފެއްކަން އަންގައިދޭ ކާޑު ވެސް އޮތެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: