ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެން ރިލީޒް ޑޮކިއުމެންޓެއް ދޫނުކުރާނެ، އެކަހެރިވާ މުއްދަތު ޕޮޒިޓިވްކަން އަންގާ ލިއުމުގައި ހިމެނޭނެ!

ކޮވިޑު ސާމްޕަލްތައް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން./ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 އަށް ޕޮޒިޓިވްވާ މީހުން ބަލިން ފަސޭހަވުމަށްފަހު ދޫކުރާ ރިލީޒް ޑޮކިއުމެންޓު ދިނުން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވާ މީހުންގެ އަދަދުތައް ބޮޑުތަނުން އިތުރުވެ، ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު 1000 އިން މައްޗަށް އަރައެވެ. އަދި މާލޭގެ ސަރަހައްދުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ހުއްދައާއި ނުލައި ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ވަޒީފާއަށް ނިކުމެވެން އޮންނަނީ، އެޗްޕީއޭއިން ރިލީޒް ޑޮކިއުމެންޓު ދޫކުރުމުންނެވެ. އެހެން ނަމަވެސް ލިޔުން ދޫކުރުމުގައި ގިނަ އުނދަގޫތަކެއް ދިމާވެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް އެޗްޕީއޭއިން އާއްމު ކުރި އިއުލާނެއްގައި ބުނީ، ކޮވިޑަށް ޕޮޒިޓިވެ އެކަހެރިކުރާ މީހުންނަށް އެކަހެރިވުމަށް އަންގާ ލިޔުމުގެ އިތުރުން، އެކަހިރުވުމުގެ މުއްދަތު ހަމަވުމުން މިހާރު ދޫކުރަމުންދާ ރިލީޒް ޑޮކިއުމަންޓް ދޫ ކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އަދި ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަހެރިވުމަށް ދޫކުރާ ލިޔުމުގައި އެކަހެރިވުމަށް ކަނޑައަޅާފައިވާ މުއްދަތު ހިމެނޭނެކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެމީހަކު އެކަހެރިވެފައިވާ މުއްދަތު ނިމުމަކަށް އަންނާނެކަމަށެވެ.

“ޕޮޒިޓިވް ވާ މީހުންގެ ބަލި ހާލަތާގުޅިގެން އެކަހެރިވެ ހުންނަ މުއްދަތު ތަފާތުވެއެވެ. މިގޮތުން 14 ދުވަހުގެ މުއްދަތު ނިމޭއިރުވެސް ހުން އައުން، ނޭވާލާން އުދަނގޫވުން، ކެއްސުން ގޯސްވުން ފަދަ ކަންކަން ހުންނަނަމަ، އެކަހެރިވާ މުއްދަތު 21 ދުވަހަށް ދެމިގެން ދާނެއެވެ. އަދި ފަރުވާ ދިނުމަށް މެޑިކަލް ފެސިލިޓީއެއްގައި ހުރި މީހެއްނަމަ އެކަހެރިކުރެވޭ މުއްދަތު 14 ދުވަހަށްވުރެ އިތުރުވާނެކަމަށާއި މި ފަދަ މީހުންގެ އެކަހެރިކުރެވޭ ޖުމުލަ މުއްދަތު ބަޔާންވާނީ ޑޮކްޓަރުން އިރުޝާދު ދޭގޮތުގެ މަތިންނެވެ. ގޭގައި އެކަހެރިވެގެން ތިބޭ ފަރާތްތަކުން ބަލީގެ އަލާމާތްތައް ފެންނަނަމަ ސިއްހީ ލަފަޔާއި ފަރުވާ ހޯއްދެވުމަށްވެސް ދަންނަވަމެވެ.” އެޗްޕީއޭ

ރާއްޖޭގައި މީގެ ކުރިން ދުވަހަކު ވެސް ކޮވިޑުގެ ޕޮޒިޓިވް ރޭޓު ނުދާހާ މައްޗަށް ގޮސް، ސިއްހީ ނިޒާމަށް ގިނަ އުނދަގޫތަކެއް ވަނީ ދިމާވެފައެވެ. އަދި ސާމްޕަލް ނެގުމުގައި ލަސްތަކެއް ދިމާވުމާއި، އަދި ބައްޔަށް ޕޮޒިޓިވްކަން އެންގުމުގައި ޑިލޭތަކެއް އުޅޭތީ އެކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

ބަލި މީހުންނަށް އެޓެންޑުވާ ސިއްހީ ހިދުމަތްތެރިން މިވަގުތު މަދުވުމުން، އެޗްޕީއޭއިން ވަނީ ވޮލަންޓިއަރުން ހޯދުމަށް އިއުލާނުކޮށްފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: