ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅުތަކުގެ ކޮވިޑު ހާލަތު ބަލަން ބޭފުޅުން ހަމަޖައްސަވައިފި

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ފެތުރެެމުން އަންނަ ކޮވިޑް-19 ވައިރަހާ ގުޅިގެން އަތޮޅު ތެރޭގެ ހާލަތު ބެލުމަށް އިސް ފަރާތެއް އައްޔަން ކުރުމަށް ސަރުކާރުން ނިންްމައިފިއެވެ.

މިކަން ހާމަކޮށް ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަތޮޅުތެރޭގެ ރަށްރަށުގައި މި ބަލި ފެތުރުން އިންތިހާއަށް އިތުރުވުމާއި އެކު ހާލަތު ބެލުން އިތުރަށް ހަރުދަނާކޮށް، ކޮންމެ އަތޮޅެއްގެ ކޯޑިނޭޝަން ވަރުގަދަ ކުރުމަށް ކޮންްމެ އަތޮޅަކަށް ސަރުކާރުގެ އިސް ފަރާތެއް އައްޔަން ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެެވެ.

އެގޮތުން ކޮންމެ އަތޮޅެއްގައިވެސް އިސްކޮށް ހަރަކާތްތެރިވާނީ މިނިސްޓްރީތަކުގެ ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓަރުން ކަމަށާއި، އެެފަރާތްތަކުން ކައުންސިލް އަދި ޓާސްކުފޯސްތަކާ ގުޅިގެެން މަސައްކަތްްކުރާނީ އަތޮޅުގައި ކޮވިޑް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއި، މިކަންކަމަށް ދިމާވާ މައްސަލަތަކުގެ ފުރިހަމަ މައުލޫމާތު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެެންޓަރ (އެޗްއީއޯސީ)އާއި އަދި އެހެނިހެން ކަމާބެހޭ އިދާރާތަކަށް ހިއްސާކުރެއްވުމަށް ކަމަށް ބަޔާނުގައިވެއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 24،818 ކޭސް އެވެ. މި ބަލިން 36،862 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 252 މީހަކަށެވެ.

ކޮވިޑް ބަލީގައި މިހާތަނަށް 157 މީހަކު ވަނީ މަރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: