ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދަމާއިން ފެށިގެން ސިންގަލް ޔޫސް ޕްލާސްޓިކްގެ ނުވަ ބާވަތެއް ރާއްޖެއެތެރެ ނުކުރެވޭނެ

A sign reading say no to single use plastics held by a child.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ޖޫންމަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުން ކުރުމަށްފަހު އެއްލާލާ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެ އެތެރެ ނުކުރެވޭނެކަމަށް މީގެކުރިން މިނިސްޓްރީ އޮފް އެންވަޔަރަމަންޓްއިން ހާމަކޮށްފިއެވެ.

އެއް ފަހަރު ބޭނުންކުރުމަށްފަހު އެއްލާލާ ޕްލާސްޓިކްގެ ނުވަ ބާވަތެއް މިއަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ކުރާނެކަމަށް، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވިދާޅުވެފައިވެއެވެ.

އެގޮތުން މާދަމާއިން ފެށިގެން ސިންގަލް ޔޫސް ޕްލާސްޓިކްގެ ތެރެއިން 500 މިލިމީޓަރަށްވުރެ ކުދި، ބުއިމަށް ބޭނުންކުރާ ދިޔާތަކެތި ބަންދުކޮށްފައި ހުންނަ ޕީޓީއީ ފުޅި އާއި ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި، ޕްލާސްޓިކް ހޮޅި، ސަމުސާ، ވަޅި، އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅުވެސް ރާއްޖެ އެތެރެކުރުން މަނާވާނެކަމަށް އެންވަޔަރމަންޓް ނިމިސްޓްރީންވަނީ ހާމަކޮށްފައެވެ.

އަދި ޕްލާސްޓިކް ކަރުދާހުގައި ބަންދުކޮށްފައި ހުންނަ ސްޕާރީ ރާއްޖެ އެތެރެކުރުން މަނާ ކުރާއިރު މިހާރު ސްޕާރީ ބިއްލޫރި ފުޅި އަންނަނީ ރާއްޖެއެތެރެ ކުރަމުންނެވެ.

އަދި އާންމު ދިރިއުޅުމުގައި ބޭނުންކުރާ އެއްޗެހީގެ ތެރެއިން 50 މިލިލީޓަރާއި، އެއަށްވުރެ ކުދި ޝޭމްޕޫ ފުޅިއާއި ސައިބޯނި ފުޅި ވެސް ރާއްޖެ އެތެރެ ކުރުން މާދަމާއިން ފެށިގެން މަނާ ވާނެއެވެ.

މީގެ އިތުރުން ބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮއްޓާއި ޕްލާސްޓިކް ދަނޑިކޮޅުލާފައި ހުންނަ ކަފަބުރާއި އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށިވެސް ރާއްޖެއެތެރެކުރުން މަނާވާނެއެވެ.

 

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: