ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޞާލިހަށް މައުލޫމާތު އަރުވާ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގައި ތިބީ ކޮން ބައެއްތޯ ބަލަން ޖެހޭ: ސައީދު

މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބްރައީސް މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް މައުލޫމާތު އަރުވާ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގައި ތިބީ ކޮންބައެއްތޯ ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުން މެމްބަރު ސައީދު ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއް ދީގެން ބަލަން ޖެހޭ ކަމަކީ ރައީސް ޞާލިހަށް މައުލޫމާތު އަރުވާ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީގައި ތިބީ ކޮންބައެއްތޯ ކަމާއި އަދި އެތަނުން މައުލޫމާތުތައް ފަޅާއަރުވާލައިގެން އުޅެނީ ކޮން ދިމާލަކުންތޯ ކަން ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ މުހިންމު ތަންތަނުގެ ތެރެއިން މަރުކަޒީ ބޭންކްގެ އިސް މަގާމުތަކަށާއި އަދި މާލީ ވުޒާރާތަކުގެ އިސް މަގާމުތަކަށް ބޭރު ގައުމުތަކުން މީހުން ގެނެސް އިސްކުރާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، މައުލޫމާތުތައް ލީކް ވުމުގައި ބޭރު ގައުމަކުން އެއްވެސް ބާރެއް ފޯރުވާފައި ވޭތޯ ވެސް ބަލަން ޖެހޭ ކަމަށެވެ. އަދި އެކަމުގައި ބޭރުގެ އެެއްވެސް ފަރާތެއްގެ ނުފޫޒެއް ވާނަމަ ކުރިއަށް އޮތް ތަނުގައި ކަންކަން ދިމާވާނެ ގޮތާއި ދޭތެރޭ ވެސް ވިސްނަން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ، އިދިކޮޅުގައި އޮންނަ އިރުވެސް އަދި ވެރިކަން ކުރާއިރުވެސް ދައުލަތުގެ މުއައްސަސާތައް ފުނޑާލައިގެން ނުވަތަ އަތް އަނބުރާލައިގެން ކަންކަން ނުކުރެވޭނެ ކަމަށެވެ. އަދި މިއަދު މަޖިލީހުގައި ތިއްބެވި ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން އޭރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެރިކަން ކުރެއްވި ދުވަސްވަރު އެބޭފުޅާ އަށް އަމާޒުކޮށް ސީދާ އަވާހަރަކޮށްލެވުމުގެ މަގްސަދުގައި ފިނިފެންމާ ލޯންޗް ގޮއްވާލި ހަމަލާ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ނަންގަވާފައިވާ ކަންވެސް ސައީދު ފާހަގަކުރެއްވިއެވެ.

ސައީދު ވަނީ ކުރީގެ ރައީސް އަބްުދުﷲ ޔާމީން އަބްދުލްްޤައްޔޫމް އަވަހާރަކޮށްލެއްވުމަށް ފިނިފެންމާ ލޯންޗް ގޮއްވާލި މީހުން މިއަދު ތިބީ ފިނި ކޮޓަރިތަކުގައި ކަމަށްވެސް ވިދާޅުވެފައެވެ.

ސައީދު ވިދާޅުވީ، މިއަދު ދައުލަތުގެ މުއައްސަސާތައް ހަމައަކަށް އެޅުވުމާއި، އަސްކަރިއްޔާ ހަމައަކަށް އެޅުވުމާއި، އަސްކަރިއްޔާ ތެރެއިން މައުލޫމާތު ލީކް ކުރާ ފަރާތެއް ހަމައަކަށް އެޅުވުމާއި އަދި ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީ އިން ސިއްރު މައުލޫމާތު ލީކް ކުރާ ފަރާތެއް ދެނެގަނެވޭނީ، އެއްކޮޅުގައި އޮންނަ އިރުވެސް އިދިކޮޅުގައި އޮންނައިރުވެސް މުހިންމު ބިނާތައް ފުނޑާލައިގެން ނުވަތަ އަތް އަނބުރާލައިގެން ކަންކަން ހައްލެން ނުކުރެވޭނެ ކަން ދެނެގަނެގެން ކަމަށެވެ.

މެމްބަރު ސައީދު ވަނީ އޭނާގެ ވާހަކަ ނިންމާލަމުން، ފިނިފެންމާ ލޯންޗް ގޮއްވާލި ހާދިސާއާއި ރައީސް ނަޝީދަށް ހަމަލާ ދިން ހާދިސާއާއި ޑރ އަފްރާޝިމް އަލީ މަރާލި މައްސަލައާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ވަކި ކަމަކަށް އިސްކަން ނުދީ ވަރަށް ސީރިއަސްކޮށް ބެލުމަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: