ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ބޭނުނަކީ، ކޮންސިއުލޭޓުގެ ނަމުގައި އައްޑޫގައި އިންޑިއާ މީހުން ވަޒަންވެރި ކުރުން: ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަނީ، އިންޑިއާގެ ރައްޔިތުން އައްޑޫގައިި ވަޒަންވެރިކުރުވުމުގެ ވިސުނުންް މި ސަރުކާރުގެ ހުރީމަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

“ސަންގު ޓީވީ” ގެ ޚަބަރަށް ފަހު ޕްރޮގްރާމުގައި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރަން އުޅޭތީ އެކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން ޝިޔާމު ވަނީ އައްޑޫގައި މިހާރު ގާއިމުކޮށްފައި ހުރި ޕޮލިސް އެކަޑެމީ ދެކުނުގައި ހެދިފައި ހުރި އިންޑިއާއިން ބޭނުން ކުރާނެ އެންމެ ވަރުގަދަ އެއް މިލިޓަރީ ބޭސް ގޮތުގައި ބަދަލުކުރުމުން ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ކަންބޮޑުވެލައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އަލަށް ގާއިމުކުރަން އުޅޭ އިންޑިއާގެ ކޮންސިއުލޭޓްގެ ސަބަބުން އައްޑޫ ސިޓީގައި އިތުރު ވެގެން އެދަނީ އިންޑިއާގެ ޕްރިސެންސް ކަމަށްވެސް ޝިޔާމް ވަނީ ފާހަގަކުރައްވައިފައެވެ. ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރުން ފެށިގެން ދެކުނަށް ދުވަހަކަށްވުރެ ދުވަހެއް އިންޑިއާގެ ޕްރިސެންސް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

މީގެއިތުރުން 2018 ވަނަ އަހަރު ވެރިކަމަށް އައުމަށްޓަކައި މިހާރު ވެރިކަން ކުރާ ޕާޓީ އެމްޑީޕީ އަދި ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިންޑިއާއާއި އެކުގައި އަޑި ނޭނގޭ ކަންތައްތަކަކަށް އެއްބަސްވެފައިވާ ކަން މިއަދު އެނގިއްޖެ ކަމަށް ވެސް ޝިޔާމު ވަނީ ހަބަރަށް ފަހު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.  ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ މައްޗަށް އިންޑިއާއިން ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތި ކުރައްވައި ބާރު ފޯރުވާ ކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ، ފެންނަ ފެނުމަށް ހީވަނީ ސަރުކާރުން ނިންމާ ނިންމުންތަކުގައި އިންޑިއާގެ ވިސްނުން ވަރަށް ބޮޑަށް އެކުލެވިގެންވާ ކަމަށެވެ.

ރާއްޖޭގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަހާއި ބެހޭ ގޮޮތުން ވާހަކަ ދައްކަވަމުން ޝިޔާމު ވިދާޅުވީ، ކޮވިޑް އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ތައްޔާރުވުމަށް ސަރުކާރަށް ވަގުތު ލިބުނު ކަމަށާއި، ފައިސާ އަދި ރިސޯސްވެސް ހުރި ކަމަށެވެ. ސަރުކާރަށް އެކަމުގައި އެހީވެދެއްވުމަށް މުޅި ސިއްހީ ނިޒާމު އަދި ސިޔާސީ ދާއިރާ އާއި އިިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ވެސް އޮތީ ތައްޔާރަކަމަށް ޝިޔާމު ވިދާޅުވިއެވެ. އެހެންނަމަވެސް، ސަރުކާރުން އަދި ރައީސް ޞާލިހް ގަބޫލުފުޅު ނުކުރެއްވިޔަސް ސަރުކާރު އޮތީ ބޮޑުތަނުން ފެއިލްވެފައި ކަން ފާހަގަކުރައްވަމުން ޝިޔާމު ވިދާޅުވީ، ކޮވިޑް 19 ގެ ޕެންޑިމިކްގެ ތެރޭގައި ގައުމަކަށް އެންމެ ގިނައިން ހިލޭ އެހީ ލިބުނު ގައުމަކަށް ދިވެހިރާއްޖެ ވެގެންދާނެ ކަމަށެވެ. އެގޮތުން ޝިޔާމު ވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރަށް ލިބުނު ފައިސާއަށް ވީކިހިނެއްތޯ އައްސަވައި ސުވާލުވެސް އުފައްދަވާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ރައްޔިތުން ބިކަވެ އާއިލާތައް މަގުމަތިވި ނަމަވެސް ފެނިގެންދަނީ ސަރުކާރަށް ކޮވިޑަކީ އީދަކަށް ވެގެންދާ މަންޒަރު ކަމަށް ޝިޔާމު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސަރުކާރުން ކޮވިޑްގެ ޕެންޑަމިކްގެ ތެރޭގައި ދައުލަތުގެ މާލިއްޔާ ނަހަމަ ގޮތުގައި ބޭނުންކޮށް، ވައްކަމާއި ކޮރަޕްޝަންގެ އެތައް ކަންތައްތަކެއް ހިންގާ، ކޮވިޑާއި ދެކޮޅަށް ހަނގުރާމަ ކުރަން ލިބުނު އެތައް ބިލިއަން ރުފިޔާއަށް ހެދި ނުހެދި ގޮތެއް ރައްޔިތުންނަށް ނޭނގޭ ކަމަށް ވެސް ޝިޔާމު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: