ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި މީހަކަށް ފަހާ ކޯޓެއްހެން، ގާނޫނަށް ބަދަލު ގެނައުން ގަބޫލެއް ނުކުރެވޭ: ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި މީހަކަށް ވަކި ކަމެއް ދިމާވުމުން، ވަކި މީހަކަށް ހާއްސަކޮށް ފަހާ ކޯޓެއް ހެން ގާނޫނަށް ބަދަލު ގެނައުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ޝިޔާމް އެފަދައިން ވިދާޅުވީ، މިމަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރައްވާ ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ޓެރަރިޒަމްގެ ގާނޫނަށް ބަދަލު ގެނައުމަށް އުޅުއްވާތީއެވެ. “ސަންގު ޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ، ޓެރަރިޒަމްގެ ގާނޫނަށްވެސް ބަދަލު ގެންނަނަމަ ގެންނަން ޖެހޭނީ އެކަމުގެ ނުރައްކާ މުޅި ގައުމަށް އޮތްކަން ވިސްނާ އެކަމުން ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ކަމަށެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅޭ ތަހްގީގުތައް ރާއްޖޭގެ ތަހްގީގީ އިދާރާތަކުން ކުރިއަށް ގެންދާކަން ފާފަހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ޝިޔާމު ވިދާޅުވީ މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބައެއް ފަަހަރު މާ ބޮޑަށް ކަންކަމުގެ ތެރެއަށް ވަދެ ގަތުމުން ހީވަނީ ސަރުކާރުން ހަރަދު ކޮޮޮށްގެން ހިންގާ ތަހްގީގީ އިދާރާތަކާއި މުއައްސަސާތަކުގެ ބޭނުމެއް ނެތް ހެން ކަމަށެވެ. އެގޮތަށް މަޖިލީހުން ކަންތައް ކުރުމުން މަސައްކަތްތަކުގައި ވަރަށް ބޮޑަށް ފުށު އަރާ ކަމަށްވެސް ޝިޔާމު ވަނީ ފާހަގަކުރައްވާފައެވެ. 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކުރީގެ ރައީސް ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްކޮޅު ގޮއްވާލި މައްސަލައިގަ ދައުވާ ކޮށްފައިވާ ފަރާތްތަކަށް މި ސަރުކާރުން ލުއިތައް ދެއްވާފައިވާކަން ފާހަގަކުރައްވާ ޝިޔާމު ވިދާޅުވީ، އެފަދަ އަމަލުތަކަކީ ޓެރަރިޒަމް ހުއްޓުވުމަށް މަސައްކަތް ކުރާ ސަރުކާރަކުން ފެނިގެންދާނެ އަމަލުތަކެއް ނޫން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަށް އަލި އަޅުވައިލާ ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ، އެމައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ތަހްގީގު ކުރައްވަމުން ގެންދެވި މައްސަލައެއް ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނީ ކޮން ބަޔަކަށް ކަމެއް ޔަގީންކަމާއިއެކު ދަންނަވަން ނޭނގުނު ނަމަވެސް އެފައިސާ ކޮންމެވެސް ބަޔަކަށް ލިބިފައި އެބަހުރި ކަމަށް ޝިޔާމު ވިދާޅުވި އެވެ.

މި މަހުގެ 06 ވަނަ ދުވަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހއްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ގާނޫނީ ބޮޑު ބަހުސްއެއް ވެސް ވަނީ އުފެދިފައެވެ. އެއީ ރާއްޖޭގައި ހަރުކަށި ފިކުރަށް ނިސްބަތްވާ، އަދި މީހެއްގެ ފުރާނައަށް ގެއްލުމެއް ދޭން ފަސް ނުޖެހޭނެ 1،300 މީހުން ތިބިއިރު އެ މީހުން މުޖްތަމައުއަށް ދޫވެފައިވާ ސަބަބާއި ގުޅޭގޮތުންނެވެ. އައިއީޑީ ހެދުމުގެ ތަމްރީނު ލިބިފައިވާ މީހުން ދޫވެފައި ތިބި ސަބަބާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޓަރަރިޒަމްގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި އެފަދަ މީހުން ބަންދުގައި ދިގު މުއްދަތަކަށް ބޭތިއްބޭނެ ގޮތަށް އިސްލާހު ގެނައުން އޭނާ ފާހަގަ ކުރި އެވެ.

އިމްރާން ވަނީ ހަމައެކަނި ޓަރަރިޒަމްގެ ގާނޫނެއް އޮވެގެން، ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ. އަދި އެ މީހުން ހައްޔަރު ކުރެވޭނީ ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމުގެ ތުހުމަތެއް ކުރެވޭނެނަމަ ކަމަށް އިމްރާން ވިދާޅުވެފައި ވެއެވެ. އެހެންވެ، ރައްޔަތިތުންގެ މަޖިލީހަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ހާޒިރު ކުރުމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވަނީ ހުށަހަޅާފަ އެވެ.

މި މަހުގެ 06 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ގާނޫނީ ބޮޑު ބަހުސްއެއް ވެސް ވަނީ އުފެދިފައެވެ. އެއީ ރާއްޖޭގައި ހަރުކަށި ފިކުރަށް ނިސްބަތްވާ، އަދި މީހެއްގެ ފުރާނައަށް ގެއްލުމެއް ދޭން ފަސް ނުޖެހޭނެ 1،300 މީހުން ތިބިއިރު އެ މީހުން މުޖްތަމައުއަށް ދޫވެފައިވާ ސަބަބާއި ގުޅޭގޮތުންނެވެ. އައިއީޑީ ހެދުމުގެ ތަމްރީނު ލިބިފައިވާ މީހުން ދޫވެފައި ތިބި ސަބަބާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޓަރަރިޒަމްގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި އެފަދަ މީހުން ބަންދުގައި ދިގު މުއްދަތަކަށް ބޭތިއްބޭނެ ގޮތަށް އިސްލާހު ގެނައުން އޭނާ ފާހަގަ ކުރިއެވެ.

އިމްރާން ވަނީ ހަމައެކަނި ޓަރަރިޒަމްގެ ގާނޫނެއް އޮވެގެން، ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ. އަދި އެ މީހުން ހައްޔަރު ކުރެވޭނީ ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމުގެ ތުހުމަތެއް ކުރެވޭނެނަމަ ކަމަށް އިމްރާން ވިދާޅުވެފައި ވެއެވެ. އެހެންވެ، ރައްޔަތިތުންގެ މަޖިލީހަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ހާޒިރު ކުރުމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވަނީ ހުށަހަޅާފައެވެ.

އޭޖީގެ އޮފީހުން ޓަރަރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުތައް ސަރުކާރަށް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ބަދަލަކީ، ޓެރަރިޒަމްގެ ތުހުމަތައް ކޯޓު އަމުރަކާއި ނުލާ މީހަކު ހައްޔަރުކޮށް ބަންދުގައި ބެހެއްޓޭ މުއްދަތު 48 ގަޑިއިރަށް ބަދަލު ކުރުމެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ ތުހުމަތަށް ކޯޓު އަމުރަކާއި ނުލާ ބަލާ ފަސް ކުރުމުގެ ބާރު ފުލުހުންނަށް ދިނުމެވެ.

މިއީ 2019 ގައި ދައުރުން ބޭރުން ޖަލްސާތައް ބާއްވައި ޓަރަރިޒަމްގެ ގާނޫނު އިސްލާހު ކުރުމުގެ ކޮމިޓީ މަރުހަލާ ކުރިޔަށް ގެންދިޔައިރު ހިމަނާފައި ހުރި އިސްލާހުތަކެވެ. ނަމަވެސް، ބިލް ފާސް ކުރީ އެ މާއްދާތައް އުނި ކުރުމަށްފަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވަކިމީހަޖަޢް ގާނޫން ހެދޭތަ. ޝިޔާމުވެސް ހަނޖެހޭވާހަކަ ދައްކަންވީނު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: