ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ އަޅާ ކޮންސިއުލޭޭޓަކީ އިންޑިއާގެ މިލިޓަރީ މަރުކަޒެއް: އުމަރު

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގައި އަޅާ ކޮންސިއުލޭޓަކީ ރާއްޖޭގައި އިންޑިޔާގެ މިލިޓަރީ ބޭސްތައް ޤާއިމް ކުރުމަށް ހިންގޭ ފުޅާ ޕްރޮގްރާމެއް ކަމަށް ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)އިން ބުނެފިއެވެ.

ޑީއެންއޭގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ އައްޑޫ އަށް ފުރަތަމަ ގެންދިޔައީ އިންޑިއާގެ ހެލިކޮޕްޓަރަކާ އެ ގައުމުގެ ސިފައިން ދެން ގެންދިޔައީ ރާޑަރު ސްޓޭޝަނެއް ކަމަށެވެ. އަދި އޭގެ ފަހުން ދެން އެޅީ މިލިޓަރީ ބޭސްއަކަށް ބޭނުން ކުރެވޭނެ ފަދަ ވަރުގަދަ އިމާރާތެއް ކަމަށާއި ޑިޕްލޮމެޓިކް ކަވަރު ދިނުމަށް މިހާރު ގެންނަން މަސައްކަތް ކުރަނީ ކޮންސިއުލޭޓް އޮފީހެއް ކަމަށް އުމަރު ވިދާޅުވިއެވެ.

“އައްޑޫގައި އިންޑިއާ އިން ގާއިމުކުރަމުން ގެންދާ މިލިޓަރީ މަރުކަޒު ސިފަކުރެވެނީ، ކަސްޓަމްސް އަށް އޮޅުވާލުމަށްޓަކާ ސައިކަލެއް ރޫޅާލައިގެން ފަހަރަކު ބައެއް އެތެރެކުރާ ގޮތަށް ދިވެހިންނަށް އޮޅުވާލުމަށްޓަކާ އެކިފަހަރު އެކި ބައި ގެނެސްގެން އައްޑޫގައި މިލިޓަރީ މަރުކަޒެއް އިންޑިއާ އިން ރާވާ މަންޒަރު” އުމަރު ވިދާޅުވިއެވެ.

އަދި އައްޑޫގައި އޮޕަރޭޓް ކުރަމުންދާ ދެ ރިސޯޓު ބަންދުވެ، އައްޑޫ ރައްޔިތުންގެ ވަޒީފާ ގެއްލިފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ވައުދުވި 8000 އެނދު ތަރައްގީ ނުކޮށް އިންޑިއާގެ މިލިޓަރީ މަރުކަޒެއް ގާއިމުކުރުމަކީ އިންވެސްޓަރުން އައްޑޫ އަށް އައުމަށް ޖެހިލުންވާނެ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.

އިންޑިއާއަކީ މުއްސަނދި ގައުމެއް ނޫން ކަމަށާއި އެހެންކަމުން އެ މިލިޓަރީ މަރުކަޒުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. މިއީ މުޅި ގައުމުގެ މިނިވަންކަމަށާއި، އައްޑޫގެ އިގްތިސާދަށް ލިބޭ ގެއްލުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“މިއީ ދުރުރާސްތާގެ ޕްލޭނެއްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުގައި، އެކި ނަންނަމުގެ އިންޑިއާގެ މިލިޓަރީ ބޭސްތައް ގާއިމު ކުރުމަށް ހިންގާ ފުޅާ ޕްރޮގްރާމެއ.، އުތުރު ތިލަފަޅުގަ އިންޑިއާއިން ހަދާ އިމާރާތްތަކާ، ހދ. ހަނިމާދޫގައި ތިބި އިންޑިއާ ސިފައިނާ އެމީހުންގެ ޑޯނިއާ މަތިންދާބޯޓާ، ލ. ގަމުގައި ތިބި އިންޑިއާ ސިފައިންނާ އެމީހުންގެ ހެލިކޮޕްޓަރާ، އައްޑޫގައި ގާއިމު ކުރެވިފައިވާ އެމީހުންގެ ވަސީލަތްތަކަށް ބަލައިލުމުން މި ހިނގަނީ ކޮން ކަމެއްކަން ވަރަށް ސާފު” އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިފަދަ ކަންކަން ހިނގަމުންދަނީ ސިޔާސީ ވެރީންގެ ތިލަ ވިސްނުމުގެ ސަބަބުން ކަމަށެވެ. އަދި މީގެ ނޭދެވޭ އަސަރު ރާއްޖޭގެ މިނިވަން ކަމަށް ކުރާނެ ކަމަށާއި، ނަމަވެސް މިނިވަން ކަމަށް ދިފާއުކުރުމަށް ކުރަން ޖެހުނު ކޮންމެ ޖިހާދެއް ވެސް ދިވެހިން ކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: