ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަން އާއި ޖެހި ކާތިކްގެ އަތުން ފިލްމުތަކެއް ގެއްލެނީ؟

ކާރތިކް އާރްޔަން އަދި ކަރަން ޖޯހަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮލީވުޑްގެ މަޝްހޫރު އަދި ނުފޫޒުގަދަ ޕްރޮޑިއުސަރު ކަމަށްވާ ކަރަން ޖޯހަރު އާއި ޖެހުނު މައްސަލަތަކެއްގެ ސަބަބުން، އަރަމުން އަންނަ މަޝްހޫރު ތަރި ކާރތިކް އާރްޔަންގެ  އަތުން ފިލްމުތަކެއް ގެއްލެމުންދާ ކަމަށް އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފި އެވެ.

ކަރަން އަދި ކާތިކް އާއި ދެމެދުގައި މައްސަލަ ޖެހުނީ، ކާތިކް ކަރަން ޕްރޮޑިއުސްކުރާ ފިލްމެއް ކަމަށްވާ “ދޯސްތާނާ 2” ކުޅުމަށް ސޮއި ކުރުމަށް ފަހު ބޮޑެތި ޑިމާންޑްތަކެއް ކުރުމުންނެވެ. ކާތިކް ކުރި ބޮޑެތި ޑިމާންޑުތަކުގެ ސަބަބުން ހިތްހަމަ ނުޖެހި ކަރަން ވަނީ އޭނާގެ ފިލްމު “ދޯސްތާނާ 2” އިން ކާތިކް ވަކިވެސް ކޮށްފަ އެވެ.

ކާތިކް ކަރަން “ރުޅިއަންނަ” މީހުންގެ ލިސްޓަށް އެރި ހިސާބުން މިވަނީ އޭނާގެ ފިލްމީ ކެރިއަރަށް ވެސް އޭގެ ސަބަބުން ގިނަ ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. އެގޮތުން އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު ބޮލީވުޑްގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ މަޝްހޫރު ބަތަލު ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ އާ ފިލްމު “ގުޑްބައި ފްރެޑީ”ވެސް ކާތިކް އަށް ނުދިނުމަށް ދާދިފަހުން އޮތީ ނިންމާފަ އެވެ.

މީގެއިތުރުން މަޝްހޫރު ޑައިރެކްޓަރު އާނަންދު އެލް ޑައިރެކްޓް ކުރާ ފިލްމެއްގެ ސްކްރިޕްޓް ދީ އަދި އޭގެ ނެރޭޝަން ދީ ފިލްމު ކުޅެން ސޮއި ކުރުމަށް މުޅިން ތައްޔާރުވެފައި ވަނިކޮށް، ކާތިކް އާއި ކަރަން އާއި ދެމެދުގައި ޖެހުނު މައްސަލައިގެ ސަަބަބުން، އާނަންދު އެލްގެ ފިލްމުވެސް ކާތިކް އަށް ނުދިނުމަށް ނިންމާފައިކަމަށް އިންޑިއާގެ ނޫސްތަކުގަައި ރިޕޯޓުކޮށްފައި ވެއެވެ.

ކާތިކް އާރްޔަން އަކީ މޮޅެތި އަދި ކާމިޔާބު ފިލްމުތަކެއް ކުޅުމަށްފަހު މަދު ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ ސަޕޯޓާއި ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ ތަރިއެކެވެ. އެހެންނަމަވެސް “ނެޕޮޓިޒަމްގެ ބައްޕަ” ގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ ކަރަން ޖޯހަރުއާއި މައްސަލަތަކެއް ޖެހުނު ހިސާބުން މިވަނީ ކާތިކްގެ ކެރިއަރަށް ބޮޑު ލޮޅުމެއް އަރައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: