ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރިދެވީ ޖާންވިއަށް ދިން ނަސޭހަތް: މީހަކަށް ބަރޯސާނުވެ، އަމިއްލައަށް ރީތި ނަމެއް ހޯދާ!

ޖާންވި ކަޕޫރު އަދި އޭނާގެ މަންމަ ސްރިދެވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ސްރިދެވީގެ އަންހެން ދަރިފުޅު ޖާންވި ކަޕޫރު ވެސް ވެފައިވަނީ އޭނާގެ މަންމަ ފަދައިން ގިނަ ބައެއްގެ ލޯތްބާއި ސްޕޯޓް ލިބެމުންދާ ބަތަލާއަކަށެވެ.

އެލޭ އިިންޑިއާއަށް ދާދިފަހުން ދިން އިންޓަވިއުއެއްގައި ޖާންވި ވަނީ އޭނާ މިސާލެއްގެ ގޮތުގައި ބަލާ ބައެއް ބޮލީވުޑްގެ ތަރިންނާއި ހޮލީވުޑްގެ ތަރިންގެ ނަން ހާމަކޮށްފައިއެވެ. އެގޮތުން އެލޭ އަށް ވާހަކަދައްކަމުން ޖާންވި ވަނީ އޭނާގެ މަންމަ ސްރިދެވީ ދުނިޔޭގައި ހުރިއިރު އޭނާއަށް ދިން ނަސޭހަތެއް ވެސް ހިއްސާކޮށްފައިއެވެ.

ޖާންވި ބުނީ އޭނާގެ މަންމަ ސްރިދެވީ ވަނީ އެއްވެސް މީހަކަށް ބަރޯސާނުވެ އަމިއްލައަށް އަމިއްލަ މީހާއަށް ރީތި ނަމެއް ހޯދުމަށް ނަސޭހަތްތެރިވެފައި ކަމަށެވެ. 2018 ވަނަ އަހަރު ސްރިދެވީ ނިޔާވެފައިވަނީ، ޖާންވި ބޮލީވުޑަށް ތައަރަފްވި ފިލްމު ދަޑަކް ރިލީޒްކުރުމުގެ ދެތިން މަސް ކުރިންނެވެ.

ޖާންވި ވަނީ އެ އިންޓަވިއުގައި ދަޑަކް ރިލީޒްވުމަށް ފަހު ދިމާވި ބައެއް ޒާތީ ކަންތައްތަކުގެ ސަބަބުން އެހާ ވަރަށް ލިބެމުން ދިޔަ ސަމާލުކަމަށް އަޅައިނުލެވި އުޅެން ޖެހުނު އުނދަގޫ ހާލަތުގެ ވާހަކަވެސް ހިއްސާކޮށްފައިއެވެ. ޖާންވި ވަނީ ބޮލީވުޑްގެ ހަރަކާތްތެރިވަމުންދާ ޒުވާން އެހެންނަމަވެސް ބާރުވެރި އަންހެނުންގެ ވާހަކަވެސް ދައްކައިފައެވެ. އޭގެތެރޭގައި އޭނާ ވަނީ ސައިފް އަލީ ހާން އަދި އަމްރިތާ އަރޯރާގެ އަންހެން ދަރިފުޅު ސާރާ އަލީ ހާންގެ އިތުރުން އާލިއާ ބަޓްގެ ނަންވެސް ފާހަގަކޮށްފައެވެ.

ޖާންވި އެންމެފަހުން ބެލުންތެރިންނަށް ފެނިގެން ގޮސްފައިވަނީ ރާޖުކުމާރު ރާއޯ އަދި ވަރުން ޝަރްމާ އާއިއެކު “ރޫހި” އިންނެވެ. ޖާންވި މިހާރު ކުރަމުންދަނީ ކަރަން ޖޯހަރުގެ ފިލްމެއް ކަމަށްވާ “ދޯސްތާނާ 2” ގެ މަސައްކަތްތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: