ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުލައި މަހު ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވާނެ: މިނިސްޓަރު މައުސޫމް

ޓުއަރިޒަމް މިނިސްޓަރ މައުސޫމް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުލައިމަހުގެ ތެރޭގައި އަނެއްކާވެސް ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވާން ފަށާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ މިމަހު ރާއްޖެ އަންނާނެކަމަށް ލަފާކުރާ ފަތުރުވެރިންގެ ނަންބަރުތައް ރަނގަޅު ނޫންކަމަށެވެ. އެހެންނަމަވެސް ޖުލައި މަހުގެ ތެރޭގައި އަނެއްކާވެސް ފަތުރުވެރިކަން ރަނގަޅުވާން ފަށާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިންނަށް ޚިދުމަތްދޭ ގިނަ ތަންތަން އަލުން ހުޅުވާފައިވާ ވީނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިން ކޮވިޑް-19 އާ ގުޅިގެން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ ސަބަބުން ވަޒީފާއިން ވަކިކުރި ހުރިހާ މުވައްޒަފުންނަށް އަދި ވަޒީފާ ނުލިބޭކަމަށާއި، މުސާރަ އުނިކުރި މުވައްޒަފުންނަށް ހަމަ މުސާރައެއްވެސް ނުލިބޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެކަންކަން ރަނގަޅުވާން ދުވަސް ނަގާނެކަމަށެވެ.

މިނސްޓަރ ވިދާޅުވީ ޖޫންމަހު ރާއްޖޭގައި ހުރި ހުރިހާ އެނދުގެ ނިސްބަތުން 90 އިންސައްތައަށްވުރެ ގިނައިން އޮޕަރެޝަންއަށް ގެނެވުން ނަމަވެސް މިދުވަސްކޮޅު އޮކިއުޕަންސީ ފުދޭވަރަކަށް ދަށްކޮށް އުޅޭތީ މިކަމުން އުފަލެއް ނެތްކަމަށެވެ.

ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި މިފަހުން އިތުރުވާން ފެށުމާއިއެކު ބައެއް ސަރަޙައްދުތަކުން އަންނަ ފަތުރުވެރިންނަށް ވިޒާ ދިނުން ހުއްޓާލުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: