ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިރޭގެ ނިޔަލަށް މިޝްކާގެ މަރުގެ މައްސަލައިގައި ހާމަކުރެވޭނެ މައުލޫމާތުތައް ހާމަކުރާނަން: މިނިސްޓަރ ނަސީމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި، ހެލްތް މިނިސްޓަރު އަހުމަދު ނަސީމް. ފިިޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ ކޮވިޑް 19 ޖެހިގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ މަރުގެ މައްސަލައިގައި ހާމަކުރެވެން ހުރި މައުލޫމާތުތައް މިރޭގެ ނިޔަަލަށް ހާމަކުރާނެ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

ރޭ ކޮވިޑް ޖެހިގެން ނިޔާވި މިޝްކާގެ މަރުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި އައިޖީއެމްއެޗްގެ އިހްމާލުތަކެއް ވާކަމަން ސޯޝަލް މީޑިއާގައި އަޑުފެތުރިފައި ވަނިކޮށް މިރޭ ނޫސްވެރިންނާއި ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ނަސީމު ވިދާޅުވީ، މިރޭގެ ނިޔަލަށް މިޝްކާގެ މަރުގެ މައްސަލައިގެ މައުލޫމާތު ލިބޭނެ ކަމަށާއި އާއްމުންނަށް ހާމަކުރެވޭނެ މައުލޫމާތުތައް ހަމާކުރައްވާނެ ކަމަށެވެ.

މީގެއިތުރުން މިރޭ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ނަސީމް ވަނީ މިޝްކާގެ މަރުގައި އިހްމާލުވެފައިވާ ކަމަށާއި އެކަމުގެ ތަހްގީގު މިހާރު ދަނީ ކުރެވެމުން ކަމަށެވެ. މިނިސްޓަރ ވަނީ އެމައްސަލަ ތަހްގީގު ކުރުމަށްފަހު ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދުގައި ފިޔަވަޅު އަޅާނެ ކަމަށްވެސް ވިދާޅުވެފައެވެ. މިޝްކާގެ މަރުގެ މައްސަލައިގައި އިހްމާލެއްވޭތޯ ބެލުމަށް އެމައްސަލަ އެޗްއާރުސީއެމް އިންވެސް ބަލަމުންނެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލްގެ އީއާރުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވި ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ މިޝްކާގެ އާއިލާ މީހަކު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ އެ ކުއްޖާގެ މަންމަ އާއި ބައްޕަ އަދި އެކުއްޖާ ކޮވިޑަށް ޕޮޒިޓިވް ކަމަށާއި، ކަރަންޓީނުވެގެންތިބީ ގޭގައި ކަމަށެވެ. އަދި ކުއްޖާ ނޭވާލާން އުނދަގޫވެގެން އެޗްޕީއޭއަށް ގުޅިކަމަށާއި، ކުއްޖާ ބަލައި އެމްބިއުލެންސް އައީ ގުޅިތާ 2 ގަޑި އިރާއި 40 މިނިޓް ފަހުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: