ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަވަކިޔުންތެރިޔާ ނީތިއަށް ފިރެހެން ދަރިއެއް ލިބިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނީތި މޯހަން އަށް ފިރެހެން ކުއްޖެއް ލިބިއްޖެއެވެ.

އިންސްޓަގްރާމުގައި އެ އުފާވެރި ހަބަރު ނީތިގެ ސަޕޯޓަރުންނާއި ހިއްސާކުރަމުން، އޭނާގެ ފިރިމީހާ ނިހާރު ޕަންޑަޔާ ބުނީ، ނީތި ފިރެހެން ކުއްޖަކު ވިހާފައިވާ ކަމަށާއި، މަންމައާއި ކުޑަ ދަރިފުޅުގެ ހާލު ރަނގަޅުކަމަށެވެ. ނީތިގެ ފިރިމީހާ ވަނީ އިންސްޓަގްރާމުގައި އެދެމީހުން އުފާވެފައިވާ މިންވަރުވެސް ހިއްސާކޮށްފައިއެވެ. އަދި ނީތިގެ ޑެލިވަރީ ކުރި ހޮސްޕިޓަލުގެ ޑޮކްޓަަރުންާއި ނަރުހުންނާއި ހުރިހާ ސްޓާފުންނަށް ޝުކުރު އަދާކޮށްފައިއެވެ.

ނީތި އަދި ފިރިމީހާ ނިހާރު އެދެމީހުންނަށް ދަރިއެއް ލިބެން އުޅޭކަން އިއުލާންކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައިއެވެ. ނީތި އަދި ނިހާރުގެ ކައިވެންޏަށް މިހާރު ވަނީ ދެއަހަރު ވެފައެވެ.

ނީތި ފިރެހެން ކުއްޖަކު ވިހެއި ހަބަރު ހިއްސާކުރުމުން އޭނާގެ ސަޕޯޓަރުންނާއި ގާތްއެކުވެރިން އަދި އާއިލީ މެމްބަރުން ވެސް ދަނީ މަރުހަބާ ކިޔަމުންނެވެ. އެގޮތުން ނީތިގެ ކޮއްކޮ މުކްތީ މޯހަނު ވަނީ ނީތި ދަރިފުޅު ގޮވައިގެން ގެއަށް އަންނާނެއިރެއްގެ އިންތިޒާރުގައި ހުރި ކަމަށްވެސް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: