ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ނާޒުކު ހާލަތުގައި ނަސީމް އަކީ ސިއްހީ ދާއިރާ ލީޑްކުރަން އެންމެ ގާބިލް ބޭފުޅެއް ނޫން: އުޝާމް

ކުރީގެ ޑެޕިޔުޓީ އެޓާނީ ޖެނެރަލް އަދި މިޙާރު ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ މި ނާޒުކު ހާލަތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަކީ ސިއްހީ ދާއިރާ ލީޑްކުރަން އެންމެ ގާބިލް ބޭފުޅެއް ނޫން ކަމަަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު ނިޔާވި މައްސަލައާ ގުޅިގެން މިނިސްޓަރު ނަސީމް އިސްތިއުފާ ދޭންޖެހޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަސީމް ވިދާޅުވީ އަދި އިސްތިއުފާ ދޭންޖެހޭ ކަމެއް ނޭނގޭ ކަމަށާއި އެގޮތުން މިކަމުގައި އޭނާގެ އިހުމާލެއް އޮތީ ކޮން ހިސާބެއްގައިކަން ވެސް އެނގެންޖެހޭ ކަމަށެވެ.

މިކަމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަސީމް އަކީ ތެދުވެރި ބޭފުޅެއް ކަމަށާއި އޭނާ މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ވީ އެންމެ ރަނގަޅަކަށް ކަމަށެވެ.

”މަސައްކަތް އެންމެ ރަނގަޅަށް ނުކުރެވޭކަން ވަރަށް ސާފު. ބައެއް ފަހަރު އެކަން ގަބޫލުކޮށް މަގާމުން އެއްފަރާތްވެލުން ރަނގަޅު. އަހަރެން ގަބޫލެއް ނުކުރަން މި ނާޒުކު ހާލަތުގައި ނަސީމް އަކީ ހިއްސީ ދާއިރާ ލީޑްކުރަން އެންމެ ގާބިލް ބޭފުޅާ ކަމަކަށް.” އުޝާމް ވިދާޅުވިއެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނަސީމް ވަނީ މިޝްކާ ބަލައި އެމްބިއުލެންސް އައުމުގައި ހެލްތު މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވެފައެވެ. އަދި މިކަމާ ގުޅޭގޮތުން ތަހުގީގެއް ހިންގައި، އިހުމާލުވި ބަޔަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ނަސީމް ވިދާޅުވިއެވެ. އޭގެ އިތުރުން މިޝްކާގެ މަރުގެ މައްސަލައިގައި ތައްޔާރުކުރާ ރިޕޯޓު ވެސް އާންމުކުރައްވާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

މިޝްކާ މަރުވި މައްސަލަ ހެލްތު މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް އަންނަނީ ބަލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ޑޮކްޓަރުންގެ ލަފާގެ މަތިން ހިނގަމުންއައީމަ މިޒާތުގެ ކަންކަން ދިމާވަނީ. ސިޔާސީ ބޭފުޅުން ލީޑުކުރިނަމަ ޕްރޮޓޮކޯލްތައް މުގުރާފަވެސް ބަލިމީހާގެންނާނެ. މިފެންނަނީ ޑޮކްޓަރުންނާ އިންސްޓްރަކްޝަނާ ސިޔާސީ މީހުންގެ ނިންމުމުގެ ތަފާތު. ދެންތިބީ ކަމެއްދިމާވީމަ އަނގަހުޅުވަންތިބި މީހުން. ބަލިމީހަކު އުސޫލާ ހިލާފުވެއްޖެނަމަ ނޫސްވެރިންނޭ މިކިޔާމީހުންގެ އަނގައިން އަރަންޖެހޭ.

  2. އާނއެކޭ…ވާނުވާނޭގޭ މަމޮޅު ބޭގަޑެކޭ މި ކިޔަނީ….ހެޔޮ ނުވާނޭ ރައީސްއޭ މިވަރުގެ އަނިޔާ ރައްޔިތުންނަށް ދޭން. މިބެއަށްވުރެ ސްޓޭޓު މިނިސްޓަރ އާދިލް ވެސް މާރަގާޅުވާނޭ މިކިޔަނީ. އާދިލް ހަބޭސް ވާނޭ. ތަފާތު ދައްކާނޭ..ހެޔޮ ނުވާނޭ ރައީސް އާދޭސް ކުރަމޭ މިބޭ ދުރުކުރާށޭ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: