ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވަސް ނިމިގެން ދިޔައިރު ވެސް، މިޝްކާގެ މަރުގެ މައްސަލައިގެ ރިޕޯޓު އާއްމު ނުކުރެވުނު!

ހެލްތު މިނިސްޓަރ އަހްމަދު ނަސީމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގައި އުމުރުން އެންމެ 10 އަހަރުގެ މިޝްކާ މުހައްމަދު ނިޔާވި މައްސަލައިގެ ތަހުގީގީ ރިޕޯޓް އާންމު ކުރާނެ ކަމަށް ބުނި ދުވަސް ފާއިތުވެެގެންދިޔައިރުވެސް، ރިޕޯޓް ހާމަ ކުރުމަށް ހެލްތް މިނިސްޓްރީ ފެއިލް ވެއްޖެ އެވެ.

އާއިލާއިން އެތައް ފަހަރަކު ގުޅައި އެދުމުން ވެސް އެމްބިއުލާންސް ނުފޮނުވައި ދެ ގަޑިއިރު ހޭދަ ކުރުމަށްފަހު އައިޖީއެމްއެޗުން ވެހިކަލް ފޮނުވީ އޮކްސިޖަނާއި ނުލައެވެ. 2 ގަޑިއިރާއި 45 މިނިޓުވީ ފަހުން އެމްބިއުލާންސް ފޮނުވުމުން ފަރުވާ ދިނުމުގައި ލަސްވެ ކުއްޖާ ނިޔާވީ އެވެ.

ހާދިސާއާއި ގުޅިގެން އާންމުންގެ އެތައް ނުރުހުމެއް އަމާޒުވެފައި ވަނިކޮށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، މިޝްކާގެ މަރުގެ މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ހާދިސާ ހިނގައިިދިޔަ ގޮތް ބުދަ ދުވަހުގެ ރޭގެ ނިޔަލަށް ސާފުވާނެކަމަށް ވިދާޅުވި އެވެ. އަދި އެރެއިން އެރެއަށް ރިޕޯޓު އާއްމު ކުރާނެކަމަށް ވިދާޅުވި އެވެ.

ބުދަ ދުވަހުގެ ރޭ ރިޕޯޓު އާއްމުކޮށްފައި ނުވާތީ، ނޫސްވެރިން ގުޅައި ސުވާލު ކުރުމުން ނަސީމް ވިދާޅުވީ ރިޕޯޓުގެ މަސައްކަތްތައް ނިމިފައިވާ ކަމަށާއި، ބުރާސްފަތި ދުވަހުގެ މެންދުރުގެ ނިޔަލަށް އެ ހިއްސާ ކުރެވޭނެ ކަމަށެވެ.

ނަސީމް ވިދާޅުވީ އެ ރިޕޯޓުން މައްސަލައިގައި އިހުމާލުވީ މީހުން ސާފުވާނެ ކަމަށެވެ. އަދި އެ ބަޔަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނަސީމް ވަނީ ކުއްޖާގެ ފަރުވާ އަދި އެމްބިއުލާންސް ފޮނުވުމުގައި ލަސްވެ، އިހުމާލުވެފައިވާކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

ބުރާސްފަތި ދުވަހު އާއްމު ކުރާނެކަމަށް ބުނި ރިޕޯޓު، ދުވަސް ނިމިގެން ދިޔައިރުވެސް އާއްމު ނުކުރާތީ، ސަރުކާރަށް ވަނީ އެތައް ބައެއްގެ ފާޑުކިޔުން ވަނީއަމާޒުވެފައެވެ.

ބުރާސްފަތި ދުވަހު އާއްމު ކުރާނެކަމަށް ބުނި ރިޕޯޓު، ދުވަސް ނިމިގެން ދިޔައިރުވެސް އާއްމު ނުކުރާތީ، ސަރުކާރަށް ވަނީ އެތައް ބައެއްގެ ފާޑުކިޔުން ވަނީއަމާޒުވެފައެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވެ، ބަލި މީހުންނަށް ފަރުވާ ދިނުމުގައި އެތައް އިހުމާލުތަކެއް ވާ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ. އަދި އެމަޖެންސީ ހާލަތްތަކުގައި އައިޖީއެމްއެޗުން އަމަލު ކުރާ ގޮތާއި މެދު، ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

އާއްމުންގެ ނުރުހުމާއި، ކަންބޮޑުވުންތައް މިއަދު ސޯޝަލް މީޑިއާގައި ތަފާތެވެ. ކޮންމެ މީހެއްގެ ޓްވީޓަކުން ވެސް ފެންނަނީ، ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހެއްގެ އާއިލާއަކަށް އެޓެންޑު ކުރުމުގައި އެޗްޕީއޭ ނުވަތަ އައިޖީއެމްއެޗް އަމަލު ކުރި ގޮތުގެ ވާހަކަ އެކެވެ. މިކަންކަން ފާހަގަކޮށް ގިނަ ބަޔަކު ދަނީ ނަސީމްގެ އިސްތިއުފާއަށް ގޮވާލަމުންނެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: