ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިޝްކާގެ މަރާ ގުޅޭ ރިޕޯޓް އަދި ނުނިމޭ: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓަރ އަހްމަދު ނަސީމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަންގާރަ ދުވަހު މަރުވި އުމުރުން ދިހަ އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދު މަރުވުމުގައި ސިއްހީ ދާއިރާގެ އިހުމާލު އޮތްތޯ ބެލުމަށް ތައްޔާރު ކުރާ ރިޕޯޓު އަދި ނުނިމޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އާއިލާއިން އެތައް ފަހަރަކު ގުޅައި އެދުމުން ވެސް އެމްބިއުލާންސް ނުފޮނުވައި ދެ ގަޑިއިރު ހޭދަ ކުރުމަށްފަހު އައިޖީއެމްއެޗުން ވެހިކަލް ފޮނުވީ އޮކްސިޖަނާއި ނުލައެވެ. 2 ގަޑިއިރާއި 45 މިނިޓުވީ ފަހުން އެމްބިއުލާންސް ފޮނުވުމުން ފަރުވާ ދިނުމުގައި ލަސްވެ ކުއްޖާ ނިޔާވީ އެވެ.

ހާދިސާއާއި ގުޅިގެން އާންމުންގެ އެތައް ނުރުހުމެއް އަމާޒުވެފައި ވަނިކޮށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، މިޝްކާގެ މަރުގެ މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ހާދިސާ ހިނގައިިދިޔަ ގޮތް ބުދަ ދުވަހުގެ ރޭގެ ނިޔަލަށް ސާފުވާނެކަމަށް ވިދާޅުވި އެވެ. އަދި އެރެއިން އެރެއަށް ރިޕޯޓު އާއްމު ކުރާނެކަމަށް ވިދާޅުވި އެވެ.

ބުދަ ދުވަހުގެ ރޭ ރިޕޯޓު އާއްމުކޮށްފައި ނުވާތީ، ނޫސްވެރިން ގުޅައި ސުވާލު ކުރުމުން ނަސީމް ވިދާޅުވީ ރިޕޯޓުގެ މަސައްކަތްތައް ނިމިފައިވާ ކަމަށާއި، ބުރާސްފަތި ދުވަހުގެ މެންދުރުގެ ނިޔަލަށް އެ ހިއްސާ ކުރެވޭނެ ކަމަށެވެ.

ނަސީމް ވިދާޅުވީ އެ ރިޕޯޓުން މައްސަލައިގައި އިހުމާލުވީ މީހުން ސާފުވާނެ ކަމަށެވެ. އަދި އެ ބަޔަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ދެންމެ ކުރި ޓްވީޓެއްގައި ބުނީ މިޝްކާ ނިޔާވުމާއި ގުޅިގެން ހަދަމުންގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތަތަކެއް ކުރަމުން އަންނަ ކަމަށާއި މި މައްސަލައިގައި ގިނަކަންކަން ބަލަން ޖެހުމުން މިކަމަށް އިތުރު ވަގުތުނަގާ ކަމަށެވެ

މިނިސްޓްރީން ބުނީ މަސައްކަތް ކުރަމުން ދަނީ ވީއެންމެ އަވަހަށް މި މަސައްކަތް ނިންމުމަށް ކަމަށެވެ.

މިޝްކާ މަރުވީ މިމަހުގެ އެއްވަނަ ދުވަހު 00:12 ކަންހާއިރުއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ 31 މެއި ދުވަހުގެ ރޭ 11:45ހާއިރުއެވެ. އެއީ އެމްބިއުލޭންސް ހޯދަން ފުރަތަމަ ގުޅިތާ 9 ގަޑިއިރު ފަހެވެ.

މިޝްކާއަކީ ކޮވިޑް-19ގައި ރާއްޖެއިން މި ދުނިޔެ ދޫކުރި އެންމެ ހަގު ކުއްޖާއެވެ. އަށާރަ އަހަރުން ދަށުގެ އެންމެ ފުރަތަމަ ފުރާނައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: