ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެނެޑާއިން ރާއްޖެއަށް ކޮވިޑް ވެކްސިން ހަދިޔާ ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކެނެޑާއިން ރާއްޖެއަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ހަދިޔާ ކުރަން ނިންމައިފިއެވެ.

ކެނެޑާއިން ސްރީލަންކާގެ އިތުރުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޑޭވިޑް މެކިނޮން ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑް-19 އާ ދެކޮޅަށް ގައުމުތަކުން ކުރާ މަސައްކަތްތަކަށް އެހީވުމަށް ކެނެޑާ އިން ހިންގާ ޕްރޮގްރާމްގައި، ވެކްސިން ފޮނުވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައިވާ ކަމަށެވެ.

ރާއްޖޭގައި ބޭނުން ކުރުމަށް ހުއްދަ ދީފައިވާ ފައިޒާ ވެކްސިން، އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިން، ޗައިނާގެ ސިނޮފާމް ވެކްސިން އަދި ރަޝިޔާގެ ސްޕަޓްނިކް ވީ ވެކްސިން ގެ ތެރެއިން ކެނެޑާއިން ރާއްޖެއަށް ހަދިޔާ ކުރަނީ ކޮން ވެކްސިނެއްކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް ވެކްސިން ފޯރުކޮށްދެނީ ޑަބްލިއުއެޗްއޯ އިން އެކުލަވައިލައިފައިވާ ކޮވެކްސް ފެސިލިޓީގެ ދަށުން ކަމަށް ހައި ކޮމިޝަނަރ ވިދާޅުވެފައިވެއެވެ. އަދި ކެނެޑާގެ ފަރާތުން ކޯވެކްސް ފެސިލިޓީއަށް 220 މިލިއަން ކެނޭޑިއަން ޑޮލަރު ވެކްސިން ގަތުމަށް ހަދިޔާކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: