ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ އަދި ފުވައްމުލަކުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ތިމާވެށި ހިމާޔަތް ކުރުމުން ލާމަރުކަޒު ކުރުމުގެ މަސައްކަތުގެ ދަށުން އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީގެ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތައް އެ ދެ ސިޓީގެ ސިޓީ ކައުންސިލާ ހަވާލްކޮށްފިއެވެ.

އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީގެ ނޭޗާ ޕާރކްގެ އިތުރުން ކުޅިތައް ބަލަހައްޓާ ހިންގުމުގެ މަސައްކަތް ދެ ސިޓީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރ އަލީ ނިޒާރުއެވެ. ފުވައްމުލައް ސިޓީގެ ފަރާތުން ސޮއިކުރެއްވީ މޭޔަރ އިސްމާއިީ ރަފީޤްއެވެ.

މިއެއްބަސްވުމުގެ ދަށުން އީދިގިލިއާއި ކޯއްޓޭއާއި އައްޑޫ ނޭޗަރ ޕާކާއި، ފުވައްމުލަކު ބަންޑާރަ ކިޅިއާއި ދަނޑިމަގެ ކިޅިއާއި ނޭޗަރ ޕާކު ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލްތަކާވަނީ ހަވާލުކޮށްފައެވެ.

މިސަރަޙައްދުތައް ކައުންސިލްތަކާ ހަވާލުކުރުމަށް ބޭއްވި ވަރޗުއަލް ބައްދަލުވުމުގައި އެންވަޔަރަންންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ މިފަދަ ތަންތަން ޙިމާޔަތްކުރުމުގެ ސަބަބުން ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީ އަދި އިޖްތިމާއީ ގޮތުން ފައިދާ ކުރާކަމަށެވެ. އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި ނޭޗަރ ޕާރކުތަކަކީ މިހާރުވެސް އާއްމުންނާއި ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަންތަނެވެ.

ރަށްރަށުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ކައުންސިލްތަކާ ހަވާލުކުރުމަކީ، އިތުރު ގޮތްތަކުން ކުރިއެރުން ލިބޭނެ ކަންކަމުގެ ގޮތުގައި ސިޓީ ކައުންސިލްތަކުންވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: