ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ރާއްޖެއަށް “ގްރީން ކޮންކްރީޓް” ތައާރަފްކުރަނީ

ފޮޓޯ-އެސްޓީއޯ ކޮންސްޓްރަކްޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިމާރާތްކުރުމުގެ ސާމާނު ސަޕްލައިކުރާ އެސްޓީއޯ ކޮންސްޓްރަކްޝަނުން ރާއްޖެއަށް “ގްރީން ކޮންކްރީޓް” ތައާރަފްކުރަން ނިންމައިފި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަނުން ބުނީ ގްރީން ކޮންކްރީޓަކީ ތިމާވެއްޓާއި ރަހުމަތްތެރި ޖައްވަށް ބޭރުކުރާ ކާބަންޑައި އޮކްސައިޑް 30 އިންސައްތަ އާއި ހަމައަށް ދަށްކޮށްދޭ ބާވަތުގެ ކޮންކްރީޓެއް ކަމަށެވެ. އެސްޓީއޯ ކޮންސްޓްރަކްޝަނުން ގްރީން ކޮންކްރީޓް ތައާރަފްކުރަން ނިންމީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގެ ބާޒާރަށް މިކޮންކްރީޓް ނެރޭއިރު މި ކޮންކްރީޓް ސަޕްލައި ކުރާނީ އެސްޓީއޯ ރެޑީމިކްސް ކޮންކްރީޓް ސަޕްލައިކުރާ ވެހިކަލްތައް ބޭނުންކޮށްގެންކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން މިހާރުވެސް އެ ކުންފުނީގެ ފަރާތުން ތިމާވެއްޓާ ރައްޓެހި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު ވިއްކަމުންދެއެވެ.

އެސްޓީއޯއިން ބުނެފައިވަނީ ގްރީން ކޮންކްރީޓް އުފައްދާފައިވަނީ ރިސައިކަލް މާއްދާތައް ބޭނުންކޮށްގެން ކަމަށެވެ. ގްރީން ކޮންކްރީޓް އުފެއްދުމުގައި ބޭނުންކުރާ ގުދުރަތީ މާއްދާތައް މަދުވާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: