ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމެޓީގެ އިންކުއަރީއަށް ސަރުކާރުގެ އިދާރާއަކުން ނުފޫޒެއް ނުފޯރުވާ: އަސްލަމް

މެމްބަރު އަސްލަމު މީޑިއާތަކަށް މައުލޫމަތު ދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދެވުނު ޓެރެރިސްޓް ހަމަލާ ތަހްގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއިން ކުރިއަށް ގެންދާ ޕާލިމެންޓްރީ އިންކުއަރީ އަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ބާރުނުފޯރުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އެގޮތުން ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން 241 ކޮމެޓީ އިން ހިންގާ ޕާލިމެންޓްރީ އިންކުއަރީ އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރެއްވުމަށް މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މިނިސްޓަރ އަސްލަމު ވިދާޅުވީ، އެ ތަހްގީގާއި ގުޅޭ ސަރުކާރުގެ ހުރިހާ އިދާރާތަކުންވެސް ވަރަށް އައްބާރުންދެއްވައި ކަމަށެވެ. 241 ކޮމެޓީގެ މުގައްރަރު އަސްލަމު ވަނީ އަދި މިހާތަނަށް އެ އިންކުއަރީ ސަރުކާރުގެ އެއްވެސް އިދާރާއަކުން ހުރަސް އަޅައިކަން ފާހަގަވެފައިނުވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

މި ހިނގާ ޖޫން މަހުގެ ފަހު ހަފްތާއަށް ކޮމެޓީގެ މަސައްކަތް ނިންމައި ރިޕޯޓް ތައްޔާރުކޮށް މަޖިލީހަށް ރިޕޯޓް ހުށަހެޅުމަށް ދަނީ މަސައްކަތް ކުރަމުން ކަން ފާހަގަކުރައްވަމުން އަސްލަމު ވިދާޅުވީ، އެ އިންކުއަރީގެ މަސައްކަތަށް މިހާތަނަށް ކޮމެޓީގެ 35 ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށާއި، އަދި ކޮމެޓީގައި ރަސްމީ ބައްދަލުވުންތަކުގެ ގޮތުގައި، 83 ގަޑިއިރު ކޮމެޓީއިން ހޭދަ ކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އެހާވަރަށް ނުރަސްމީކޮށް ކޮމެޓީގެ މަސައްކަތްތައް ކުރުމަށްވެސް ވަގުތު ހޭދަކުރެވިފައިވާނެ ކަމަށް އަސްލަމު ވަނީ ވިދާޅުވެފަ އެވެ.

ޑިފެންސް މިނިސްޓްރީގެ ނައިބު ވަކިވަކި ސިފައިން ޖަވާބުދާރީވުމަށް 241 ކޮމެޓީއަށް ފޮނުވަން ދެކޮޅު ހެދުމުން، މަޖިލީހުގެ ރައީސް ވަނީ އެކަން ބަލައިދިނުމަށް އެދި ޕީޖީގައި އިއްޔެ އެދިވަޑައިގަންފައެވެ. އެހެންނަމަވެސް، ރޭ ބޭއްވި އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ ހަތަރު މެމްބަރުންގެ ވޯޓާއެކު ފާސްވީ ޒަމީލްއާއި ގުޅޭގޮތުން ރައީސް ނަޝީދު ފޮނުއްވި މައްސަލަ ބަލަން ނުފެންނަކަމަށް  ނިންމައި މަޖިލީހުން ވަނީ ބޭރުކޮށްފައިއެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ސަރުކާރުގެ ފަރާތުން ރައީސް ނަޝީދަށް ދެވުނު ހަމަލާ ތަހްގީގު ކުރާ 241 ކޮމެޓީއަށް ނުފޫޒުފޯރުވާ ހުރަސް އަޅުއްވައި ކަމުގެ ތުހުމަތު ކުރައްވައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: