ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޞާލިހް އެދެނީ ޕާލިމަންޓް އިންކުއަރީ ރަނގަޅަށް ކުރިއަށް ގެންދަން: އަސްލަމު

ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީގެ ތެރެެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރައްވައި ދިން ޓެރެރިސްޓް ހަމަލާ ތަހްގީގު ކުުރުމަށް މަޖިލީހުގެ 241 ކޮމެޓީއިން ކުރިއަށް ގެންދަވާ ޕާލިމެންޓްރީ އިންކުއަރީ ރަނގަޅަށް ކުރިއަށް ގެންދެވުމަށް ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމު މުހައްމަދު ޞާލިހް އެދިވަޑައިގަންފައިވާ ކަމަށް މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުގެ 241 ކޮމެޓީއިން ކުރިއަށް ގެންދަވާ ޕާލިމެންޓްރީ އިންކުއަރީގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައުލޫމާތު ދެއްވަމުން އަސްލަމު ވިދާޅުވީ ރައީސް ސޯލިހު އެދެނީ އިންކުއަރީ އެންމެ ރަނގަޅު ގޮތުގައި ކުރިޔަށް ގެންދިއުމަށް ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ޕާލިމަންޓް އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ކުރުމަށް ރައީސް އަންގަވައިގެން އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހަސަން (ބިގޭ) ހުރަސް އެޅުއްވި ކަމަށް ވިދާޅުވެ، އެމްޑީޕީގެ އިސް މެންބަރުންގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. މިއަދު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި، ނޫސްވެރިން ސުވާލު އުފެއްދި މައިގަނޑު އެއް ދާއިރާއަކީ އެއީ އެވެ. އަސްލަމް ވިދާޅުވީ 241 ކޮމިޓީގެ މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން އަންނަ ހުރަހެއް ނެތް ކަމަށެވެ. ނުވަތަ ނުފޫޒެއް ފޯރުވުމަށް މަސައްކަތެއް ނުކުރާ ކަމަށެވެ. މަޖިލީހުގެ މަސައްކަތްތަކާއި ގުޅިގެން ރައީސް ސޯލިހު ވެސް އެދިވަޑައިގެންނެވީ، ވީހާވެސް އަވަހަށް އިންކުއަރީ ނިންމުމަށްކަމަށް އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ ޕާލިމެންޓްރީ އިންކުއަރީ ސީދާ ރައީސް ޞާލިހް ލޮބީ ކުރައްވައި ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވާފައިވާ މެސެޖްތަކެއްގެ ފޮޓޯތަކެއްވެސް ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އާއްމުވެފައެވެ. އެހެންނަމަވެސް، ނޫސްވެރިންނާއި ބައްްދަލުކުރައްވައި ދެއްކެވި ވާހަކަތަކުގައި، އަސްލަމު ވަނީ ތަކުރާރުކޮށް ރައީސް ޞާލިހް އަދި ސަރުކާރުގެ އެެއްވެސް އިދާރާއަކުން ތަހްގީގަށް ހުރަސް އެޅުން ނުވަތަ ނުފޫޒު ފޯރުވުން ފަދަ ކަމެއް ކޮށްފައިވާކަމުގެ މައުލޫމާތެއް ލިބިވަޑައިގަންފައިނުވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން މެމްބަރު އަސްލަމް ވިދާޅުވީ އަދި އެއްވެސް އިދާރާއަކުން އިންކުއަރީއަށް ހާޒިރުނުވުމުގެ މައްސަލައެއް ދިމާނުވާކަމަށެވެ. އެގޮތުން ފުލުހުންނާއި ސިފައިން އަދި އެހެންވެސް އިދާރާތަކުގެ މިހާރުވެސް އިންކުއަރީއަށް ހާޒިރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ސިފައިންގެ ޗީފް އާއި ވައިސް ޗީފް ވެސް އިއްޔަ އިންކުއަރީއަށް ހާޒިރުވި ކަމަށާއި، އަދި މިއަދުވެސް ސިފައިންގެ އިސް ދެ ބޭފުޅަކު އިންކުއަރީއަށް ހާޒިރު ވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ރައީސް ނަޝީދު ފޮނުއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބެހޭ ކޮމެޓީއިން ބޭރުކޮށްލުމާއިއެކު އެމްޑީޕީ ތެރޭގައިވެސް ވަނީ ބޮޑު ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: