ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން އެދޭ ގޮތަށް ގުޅީފަޅު ބަދަލުކުރަން އަދި ފުރުސަތެއް ނުލިބޭ: މުއިއްޒު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅުގެ މަޝްރޫއު ރައްޔިތުން އެދިލައްވާ ގޮތަށް ކުރިއަށް ގެންދިއުމަށް މާލޭ ސިޓީ ކައުންސިލަށް އަދި ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ކުރަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު މާލޭ ރައްޔިތުންނަށް ދެއްވުމަށް ސިޓީ ކައުންސިލްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރައްޔިތުން އެދޭ ގޮތަށް ގުޅީފަޅުގެ ކަންތައްތައް ބަދަލުކުރުމުގައި އަދި ސިޓީ ކައުންސިލްގެ ދައުރަކަށް ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށެވެ.
އެގޮތުން މިހަފްތާ ބަންދުގެ ތެރޭގައި މާލެ ރަށްވެހިންގެ ޖަމިއްޔާގެ އިސްވެރިންނާއި، މާލެ ރައްޔިތުންނަށް ގެދޮރު ހޯދައިދިނުމުގައި ހަރަކާތްތެރިވާ، ރައްޔިތުންގެ ތެރެއިން އިސް ބައެއް ބޭފުޅުންނާއިވެސް ސިޓީ ކައުންސިލުން ބައްދަލުކުރައްވާފައިވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އަލަށް އިންތިހާބު ކުރެވުނު މާލެ ސިޓީ ކައުންސިލްގެ ދެވަނަ ރަސްމީ ބައްދަލުވުމުގައި ގުޅީފަޅަކީ މާލޭގެ ރައްޔިތުންނަށް ގެދޮރު ލިބޭ މަންޒިލަކަށް ހެދުމަށްޓަކައި ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުުރުމަށް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އެ ނިންމުމުގެ ދަށުން މަސައްކަތްތަކެއް ފެއްޓެވި ކަމަށެވެ.

އެގޮތުން ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއާއިއެކު ގުޅީފަޅު މަޝްރޫއުއާއި ގުޅޭ ކަންކަން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި، ސިޓީ ކައުންސިލާއި ކަމާއި ބެހޭ މުއައްސަސާތަކާއި އެކުގައި ބައްދަލުވުންތަކެއް ގުޅީފަޅުގެ ޕްލޭން ރިވައިސްކުރުމަށް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، ރައީސް އާއި ބައްދަލުކުރެވުނު ހަފްތާއާއި ޖެހިގެން އައި ހަފްތާ ތެރޭގައި ގުޅީފަޅު ހިއްކުމާއި ބެހޭ އީއައިއޭ އަށް ބަދަލެއް ގެނައުމަށް އީއައިއޭގެ ކޮންސަލްޓެންޓް ސިޓީ ކައުންސިލާއިއެކު ބޭއްވި ކޮންސަލްޓޭޝަން ބައްދަލުވުމެއްގައި، ގުޅީފަޅު ތަރައްގީ ކުރުމަށް މިހާރު ހުށަހެޅިފައި އޮތް ޕްލޭނަށް ސިޓީ ކައުންސިލްގެ ތާއީދެއް ނެތް ކަމަށް ވަރަށް ސާފުކޮށް ދެންނެވި ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ފެނިގެން ދިޔައީ ގުޅީފަޅު ޕްލޭނަށް ބައްދަލެއް ނުގެނެސް ކުރިންވެސް އެއްގޮތަށް އެ މަޝްރޫއުގެ މައުލޫމާތު ތައް މީޑިއާތަކާއި ހިއްސާ ކުރި މަންޒަރުކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ގުޅީފަޅު ޕްލޭނަށް އެއްވެސް ބަދަލެއް ނުގެންނަކަމަށާއި، އަދި ފަހުން އެކަމާއި ގުޅޭ އެއްވެސް މަޝްވަރާއެއް ސިޓީ ކައުންސިލާއި އެކުގައި ނުކުރާކަންވެސް މުއިއްޒު ވަނީ ފާހަގަކުރައްވައިފައެވެ. އެކަމާއި ގުޅިގެން ވަރަށް ކަންބޮޑުވުން ފާޅުކުރިކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، ނަމަވެސް އަދި މިހާތަނަށް ގުޅީފަޅު މަޝްރޫއުގެ ޕްލޭން ރިވައިޒް ކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް ލިބިނުލައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: