ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ކޯޅުމަށް ރައީސްގެ ބަސް: މިއީ ސަލާމަތްވާން މަސައްކަތް ކުރަންވީ ވަގުތު!

ރައީސް ސޯލިހު ތަގުރީރު ކުރައްވަމުންދާއިރު ރައީސް ނަޝީދު ތަރުހީބު ދެއްވަނީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއަށް ފަހު، ތަހުގީގު ފެށުނީ ވަރަށް ބާރު ސްޕީޑެއްގަ އެވެ. ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމާއި އެކު، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދޭ ބޭފުޅުންގެ އެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް އެނގުމަށް އެމްއެންޑީއެފަށް ހުށަހެޅި އެވެ.

މިހާރު އެ ސްޕީޑުގައި އޮތީ ބުރަކި ޖެހިފައެވެ. މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ގޮވާލައި، އޭގެ ފަހަތުން މި ސަރުކާރަށް އެމްޑީޕީގެ ބައެއް މެމްބަރުން ކުރަނީ މައްސަލަ އޮއްބާލަން އުޅޭކަމުގެ ތުހުމަތެވެ. އަދި މައްސަލަ ކުރިޔަށް ދާ ގޮތް ފޮރުވަން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ބުންޏެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ނުފޮނުއްވޭނެ ކަމަށް އަންގައި، މަޖިލީހުގެ އިދާރާއަށް ސިޓީ ފޮނުވި މައްސަލައިގައި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ނިންމަވައި ރައީސް ނަޝީދު ވަނީ އޭނާގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ހުށަހެޅި އެވެ. ވަކިވަކި ސިފައިންގެ ބަދަލުގައި 241 ކޮމިޓީގެ އިންކުއަރީއަށް ޖަވާބުދާރީވާނީ މުވައްސަސާގެ ފަރާތުންކަމަށް ބުނެ ފޮނުވި ސިޓީގައި ސޮއި ކުރައްވާފައިވަނީ ޒަމީލެވެ.

ޒަމީލްގެ މައްސަލަ ބަލައިދޭން އެދި މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ރައީސް ނަޝީދު ހުށަހެޅި މައްސަލަ އާއި ދެކޮޅަށް ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ހުށަހެޅީ އެ މައްސަލަ ބެލޭނެތަނެއް ނެތް ކަމަށެވެ. ފާސްވީ، މައްސަލަ ބަލާނެ ތަނެއް ނެތް ކަމަށް ބުނާ ހުށަހެޅުމެވެ.

ނާޒިމްގެ ހުށަހެޅުން ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްވީ، އެމްޑީޕީގެ ހަތަރު މެމްބަރެއްގެ ވޯޓު ހިމެނޭހެންނެވެ. އެއީ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފާއި، ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އަދި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ އިތުރުން ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދެވެ.

ރައީސް ނަޝީދާއި އަރިސް ބޭފުޅުން ސިފަ ކުރީ މިއީ އެމަނިކުފާނު ބަލި އެނދުގައި އޮއްވައި ކަރަށް ފައިން އެރުންފަދަ ކަމެއްގެ ގޮތުގައެވެ.

މިކަމާއި ގުޅިގެން އެންމެ އަވަހަށް ރުޅިގަނޑު ފަޅައިގެން ގޮސް ޖަޒުބާތުތައް އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕުގެ ތެރޭގައި ބޭރުކޮށްލި ބޭފުޅުޅަކަށް ވާނީ މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ އެވެ. އީވާގެ ވާހަކަ ފެއްޓެވީ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) މެމްބަރުންނަށް ގުޅައި މައްސަލަ ފަނި ކުރަން އުޅޭކަމަށް ބުނެ އެވެ. އަދި ބިގޭ ކޮމިޓީގެ އެކި މެމްބަރުންނަށް ގުޅުއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދަކީ މައްސަލަ ކޮމިޓީން ބޭރުކޮށްލުންކަމަށް ވިދާޅުވެފައިވާކަމަށް އީވާ ތުހުމަތު ކުރެއްވިއެވެ. އީވާ ވަނީ ރައީސް ނަޝީދަށް ކުރި ހަމްދަރުދީ ނިމުނީތޯ ސުވާލު ކުރައްވައި، ބިގޭގެ ސަރުކާރު ދެމި އޮންނާނެކަމަށް ވިދާޅުވެފަ އެވެ. އަދި “މާތް ކަލާކޯ މިއީ ވާ ސަރުކާރެއް” ކަމަށް ބުނެ ނުރުހުން ފާޅު ކުރެއްވި އެވެ.

އީވާ އެ މެސެޖު ގްރޫޕަށް ފޮނުވިތާ މާގިނަ އިރުނުވެ އެ ވާހަކަ އޮތީ މީޑީއާތަކުގައެވެ. އޭގެ ފަހަތުން މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން އެތައް ނުރުހުމެއް ފާޅުކޮށް ޓްވީޓު ކުރައްވައި ރައީސް ނަޝީދު އެންމެ ބޭނުންވީ ދުވަހު، އެމަނިކުފާނަށް މިހާބޮޑު ދެރައެއް ދިން ސަބަބާއި މެދު ސުވާލު އުފެއްދެވި އެވެ. މީގެ ކުރިން ރައްޔިތުން އެއީ ކޮން ބައެއްކަން ވެސް ނޭނގޭ ބައެއްގެ، އަތުގައި ހިފައި ގޭގެއަށް ގޮސް “މި ބޭފުޅާއަށް ވޯޓު ދެއްވާށޭ” ވިދާޅުވީ ރައީސް ނަޝީދެވެ. ރައީސް ނަޝީދު ވަކި ވަކިން ވަޑައިނުގަންނަވާ ކެމްޕެއިން ޖަލްސާއެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

ރައީސް ނަޝީދުގެ އަރިސް ބޭފުޅުންގެ ހިތަށް އެންމެ ބޮޑު އަސަރެއް ކުރީ މިހެންވެ އެވެ. ރައީސް ނަޝީދު އެ ބޭފުޅުންގެ އެހީތެރިކަން ބޭނުންވީ ދުވަހު ދިނީ އަނިޔާކަމަށް އެ ބޭފުޅުން ދެކެއެވެ.

އެެރޭ ރައީސް ނަޝީދުގެ މެސެޖެއް ވެސް ގްރޫޕަށް ދިޔައެވެ. ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މެދުވެރިކޮށް ފޮނުވި އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 ކޮމިޓީއަށް ހާޒިރުވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި ރައީސް ސޯލިހު ސިއްރު ކުރުމަށް މަސައްކަތް ކުރަނީ ކޮންކަމެއްތޯ ވިދާޅުވިއެވެ. އެހެންކަމުން، މިކަމުގެ ތެރެއިން ބަޔަކު ހާސިލް ކުރުމަށް ބޭނުންވާކަންކަން ސާފުކޮށްދޭން ރައީސް ނަޝީދު އެ މެސެޖުގައި އެދުނެވެ.

މަޖިލީހަށް ވަޑައިގަތުމަށް ކުރި ކެމްޕެއިން ހުރިހާ ޕޯސްޓެއްގައި، ވެސް ފެންނާން ހުރީ ރައީސް ނަޝީދުކަމަށް މެމްބަރުން ވިދާޅުވިއެވެ. އެއީ އިންތިހާބުގައި ވެސް ވޯޓު ހޯއްދަވަން އެ ބޭފުޅުން ގެންގުޅުއްވި ސްޓެޓެޖީއެއީކަން ފާހަގަ ކުރިއެވެ. މިހާތަނަށް މި ވާހަކަތައް އަމާޒު ކުރެއްވި މެމްބަރުންގެ ތެރެއިން ތިނަދޫ ދެކުނު ދާއިރާ މެމްބަރު ސަނީފް ވިދާޅުވީ އޭނާ މަޖިލީހަށް ވަޑައިގަތީ އެއްވެސް ބޭފުޅެއްގެ ފޮޓޯއެއް ބޭނުންކޮށްގެން ނޫން ކަމަށެވެ.

މި ކޯޅުން އުފެދުނުއިރު، ބިގޭގެ މައްޗަށް އެހާ ބޮޑު ތުހުމަތެއް އަންނަންވީ ސަބަބާއި މެދު ސުވާލު އުފެދެއެވެ. ބިގޭ އަކީ ރައީސް ސޯލިހުގެ ޅިއަނެކެވެ. ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ވެންޓިލޭޓަރު މައްސަލައިގައި ހިޔާނާތުގެ ތުހުމަތުތައް ކުރެވި، އޭނާ މަގާމުން ވަކި ކުރުމަށް ހުށަހެޅުމުން، މައްސަލަ އެމްޑީޕީގެ ޕީޖީގެ ތެރެއިން ބޭރު ކުރުމުގައި ވެސް އިސްކޮށް ހުރީ ބިގޭކަމަށް ވެއެވެ. އޭނާ މެމްބަރުންނަށް ގުޅުއްވައި ދޭ އިރުޝާދަކީ ސީދާ ރައީސް ސޯލިހު ގުޅުއްވައި ދޭ އިރުޝާދުގެ ގޮތުގައި ރައީސް ނަޝީދާއި އަރިސް މެމްބަރުން ތުހުމަތު ކުރެއެވެ.

މި މައްސަލަ މިހެން އޮއްވައި ރައީސް ސޯލިހު މިއަދު މީޑިއާތަކާއި ބައްދަލު ކުރެއްވި އެވެ. އެމަނިކުފާނާއި “ސަންގު” އިން ސުވާލު އަމާޒު ކުރީ މިކަމަށެވެ. ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ސަރކާރުން އެދެނީ އިންކުއަރީ ފުރިހަމަ ގޮތުގައި ގެންދާށެވެ. އަދި ސަރުކާރުން ތަހުގީގަކަށް ހުރަހެއް ނާޅާނެކަމަށް ވިދާޅުވި އެވެ. އަދި އެކަން ސާފުކޮށް 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވިކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ވަކިވަކި ސިފައިންނަށް ފަރުދީ ގޮތުން ޖަވާބުދާރީ ނުވެވޭނެ ކަމަށް ބުނެ ޑިފެންސުން ނެރުނު ބަޔާނަކީ ސިފައިންގެ ގާނޫނަށް ރިއާޔަތް ކުރުމަށްފަހު ނެރުނު ބަޔާނެކެވެ.

ސުވާލުގެ ޖަވާބުގައި ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، މިއީ ގައުމު ހަލަބޮލި ކުރަންވީ ވަގުތެއް ނޫންކަމަށެވެ. މިދިޔަ މޭއި މަހުގެ 06 ގެ ޓެރަރިސްޓު ހަމަލާއަކީ ރާއްޖޭގައި މިހާތަނަށް ހިނގާފައި ނުވާ ފަދަ ނުރައްކާތެރި ހަމަލާއެއް ކަމަށާއި އޭގެ ވަށައިގެން ހުރި ކަންކަމާއި ދެކޮޅުވެ، މައްސަލައިގެ އަސްލު މިހާރު ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ ސިޔާސީ ހަލަބޮލި ކަމުގެ ތެރެއަށް ގައުމު ދާންވީ ވަގުތެއް ނޫންކަމަށެވެ.

އޭގެ ސަބަބެއްކަމަށް ވިދާޅުވީ ރާއްޖޭގައި އެއަށް ވުރެ މާ ބޮޑެތި ކަންކަން ހައްލު ކުރަން ހުރުމެވެ. އެ އަމާޒާއިގެން ކުރިޔަށް ދާން ރައީސް އެދުނެވެ.

ހަމަލާ ދިން ބަޔަކާއި، ހަމަލާ ދިނީ ކޮން ބަޔަކު ބުނެގެންތޯ އަދި އެހެން މަގްސަދެއްގައިކޮށްފައި އޮތް ކަމެއްތޯ ވެސް ބަލައި މުޅި ގައުމު އެކަމުން ސަލާމަތް މަސައްކަތްކުރަން ޖެހޭ ކަމަށާއި ނަމަވެސް މިހާރު ފެންނަނީ އެއިން ނެއްޓި މުޅިން އެހެން ދިމާލަކަށް އަމާޒު ހިފާފައި ހުރި ތަން ކަން ރައީސް ތަކުރާރު ކުރެއްވި އެވެ. ގައުމު ސަލާމަތް ކުރަން މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި ސަރުކާރާއި ރައްޔިތުންގެ މަޖިލިސް އެކީގައި މަސައްކަތް ކޮށްގެން ކުރެވެން ހުރި ވަރަށް ބައިވަރު ކަންކަން އެބަހުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި ރައީސް ނަޝީދުގެ އާއިލާއިން ވެސް އެމަނިކުފާނުގެ ތަހުގީގު ކުރިޔަށްދާ ގޮތާއި މެދު ކަންބޮޑުވުން ފާޅު ކުރިއެވެ. ހާއްސަކޮށް ސަރުކާރުގެ ތެރެއިން ބައެއްކަންކަން ފޮރުވުމަށް ކުރާ މަސައްކަތްތައް ހިމެނޭކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އެހެން ނަމަވެސް ރައީސް ސޯލިހު ވިދާޅުވަނީ މިއީ ބޮޑު ގައުމީ މައްސަލައެއްގެ ގޮތުގައެވެ. އަދި

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: