ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮޒިޓިވްވި މީހުންގެ އަދަދު: މާލެއިން 217، އަތޮޅުތަކުން 148

ފޮޓޯ- ދެން އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ރާއްޖެއިން އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދުވަސްތަކަަކަށްފަހު 500 އިން ދަށްވެއްޖެއެވެ. މިއަދު ކޮވިޑަށް އަލަށް ޕޮޒިޓިވް ވެފައިވަނީ 370 މީހުންނެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ ފާއިތުވީ 24 ގަޑީރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ރާއްޖެއިން ކޮވިޑަށް އަލަށް ޕޮޒިޓިވްވެފައިވަނީ 370 މީހުންނެވެ. މީގެތެރެއިން 217 މީހަކު ޕޮޒިޓިވްވެފައި ވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ. މީގެ އިތުރުން އަތޮޅުތެރޭން 148 މީހަކާއި ރިސޯޓްތަކުން ހަތަރު މީހެއްގެ އިތުރުން ސިނާއީ މަސައްކަތް ކުރާ ރަށަކުން މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 68،872 އަށް އަރާފައެވެ.

މިވަގުތު ރާއްޖެގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 17،461 ކޭސް އެބަހުއްޓެވެ. މީގެތެރެއިން 152 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްްކޮށްގެން ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުމަށްފަހު 51،213 މީހަކުވަނީ ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑީރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރުމަށްޓަކައި 4،263 ސާމްޕަލެއް ވަނީ ނަގާފައެވެ.

ރާއްޖެއިން ކޮވިޑްގައި ފަރުވާ ހޯދަމުން ދަނިކޮށް މިހާތަނަށް 189 މީހަކު ވަނީ ނިޔާވެފައެވެ. އުމުރުން ދުވަސްވީ މީހުންގެ އިތުރުން ކުޑަ ކުއްޖެއްގެ އިތުރުން ޒުވާނުންވެސް ވަނީ މިބަލީގައި ރާއްޖެއިން ނިޔާވެފައެވެ. ފާއިތުވި މަހެއްހާ ދުވަހު ކޮވިޑަށް ޕޮޒިޓިވް ވާ އަދަދު 500 އިން މަތީގައި ހުރުމަށްފަހު އަނެއްކާވެސް މިވަނީ ޕޮޒިޓިވްވާ އަދަދު ދައްވާން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: