ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން އަކުން ޑީއެންއޭ ބަދަލެއް ނުވާނެ: ޑރ. މުހައްމަދު އަލީ

ފޮޓޯ-ދެން އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިން އަކުން އަދި އެހެން ވެކްސިން އަކުން ވެސް އިންސާނާގެ ޑީއެންއޭ ބަދަލް ނުވާނެ ކަމަށް އައިޖީއެމްއެޗް ގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރ، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު އަލީ މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް-19ގެ ދިފާއު ވެކްސިން ޖެހުމުން ޑީއެންއޭ ބަދަލް ވާކަމަށް ދެކެވޭ ވާހަކަތަކާއެކުއެވެ. މިކަމާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ކޮށްފައިވާ ސުވާލްތަކަށް ޖަވާބު ދެއްވަމުން ޑރ. މުހައްމަދު އަލީ ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހުމުން ސިއްހީ މައްސަލަތައް ކުރިމަތިވާ ކަމަށާއި މި ވެކްސިން ޖެހުމުން ޑީއެންއޭ ބަދަލް ވާކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތުތަކަށް ޑޮކްޓަރ ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން އެއްވެސް ކަހަލަ ބޭހެއް ނުވަތަ އެއްވެސް ކަހަލަ ވެކްސިނަކުން އިންސާނެއްގެ ޑީއެންއޭ ބަދަލް ނުވާނެ ކަމަށް ޑޮކްޓަރ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ކޮވިޑްގެ ވެކްސިނާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ޑރ. މުހައްމަދު އަލީ ވަނީ ޖަވާބު ދެއްވާފައެވެ. އެގޮތުން މައުތްވޮޝް ނުވަތަ ލޮނުމެދު ކަހަލަ ތަކެތި ބޭނުން ކުރުމުން ކޮވިޑް-19 އިން ރައްކާތެރިވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާތީ މުހައްމަދު އަލީ ވިދާޅުވީ، އެފަދަ ތަކެތިން ކޮވިޑް އިން ރައްކާތެރި ނުވެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: