ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮކާކޯލާގެ ބޮނަކްއާ ބިއްލޫރި ފުޅިއަށް ބޮޑު ތަރުހީބެއް!

ކޮކާކޯލާ ކުންފުނިން ތައަރަފްކުރި ބޮނަކުއާގެ ބިއްލޫރި ފުޅި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮކާކޯލާ އިން ތައާރަފްކުރި ބޮނަކްއާގެ ބިއްލޫރި ފެން ފުޅިއަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.

ކޮކާކޯލާ މޯލްޑިވްސްއިން ބޮނަކުއާ ބްރޭންޑަށް ހާއްސަ، ތިމާވެއްޓާ ރައްޓެހި އެއް ލީޓަރުގެ ބިއްލޫރި ފުޅި ފުރަތަމަ ބޭނުން ކުރަން ފަށާނީ ރިސޯޓުތަކާއި ހޮޓެލްތަކުގެ އިތުރުން ކެފޭ ރެސްޓްރެންޓްތަކުގައިއެވެ.

ކޮކާ ކޯލާއިން ދަނީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބޮނަކުއާ ބްރޭންޑަށް ހާއްސަ މިފަދަ ބިއްލޫރި ފުޅިތައް ތައާރަފުކުރަމުންނެވެ. އެގޮތުން ފުރަތަމަ އެ ބްރޭންޑްގެ ބިއްލޫރި ފުޅި ވިޔަފާރި ހިދުމަތްދޭ ތަންތަނުގައި ތައަރަފްކުރި ނަަމަވެސް ވަރަށް އަވަހަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްވެސް އެ ފުޅިތައް ތައާރަފުކުރާނެއެވެ.

ބޮނަކުއާގެ ބިއްލޫރި ފުޅި ރާއްޖެއަށް ތައާރަފުކުރި ނަމަވެސް، ކޮކާކޯލާއިން ބުނީ އެކުންފުނިން ވިއްކާ ބޮނަކުއާ ޕެޓް ފުޅިވެސް ލިބެން ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ‘ކޯކް2ހޯމް’ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް މި ފުޅިތަކަށް އޯޑަރު ކުރެވޭނެ އެވެ.

މިކަމާ ގުޅޭގޮތުން ކޮކާކޯލާ ސްރީލަންކާއާއި ރާއްޖޭގެ މެނޭޖަރު ޕަންކަޖު ސިންހާ ވިދާޅުވީ އެކުންފުނީގެ އުފެއްދުންތައް ބަންދުކުރާ ގޮތް ބަދަލުކޮށްގެން، “ވޯލްޑް ވިތައުޓް ވޭސްޓް” އަމާޒަށް ވާސިލުވާން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހިނގާ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޕްލާސްޓިން އެތެރެކުރުން މަނާ ކުރި ގަވައިދަށް ވަނީ އަމަލުކުރަން ފަށައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: