ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ވަގުތު ދޭންޖެހޭ: އަސްލަމް

ރައީސް މުހައްމަދު ނަޝީދާއި، ހިތަދޫ އުތުރު ދާއިރާ މެންބަރު އަސްލަމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހްގީގަށް ވަގުތު ދިނުމަށް މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެދިވަޑައިގެންފި އެވެ.

އަސްލަމް މިހެން ވިދާޅުވީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ.

އަސްލަމް ވިދާޅުވީ އިންކުއަރީގެ “ސްކޯޕް” އާއި “އޮބްޖެކްޓިވް”ގެ ތެރޭގައި ހިމެނޭ ހުރިހާ ކަމެއް ކޮމިޓީން ބަލަމުންދާނެ ކަމަށެވެ. އަދި އިންކުއަރީ އަށް ފަހު އެންމެންނަށް އެނގޭ ފަދަ ގޮތަކަށް ހަމަލާއާއި ގުޅުންހުރި ހުރިހާ ކަމެއްގެ ސާފު މައުލޫމާތުތަކެއް ހިމެނޭ ރިޕޯޓެއް އާންމުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

“އަދި އަޅުގަނޑު އެދެން ތަހުގީގީ އިދާރާއަށް ފުރިހަމަ އެއްބާރުލުން ދެއްވާށޭ، ތަހުގީގީ އިދާރާއަށް ފުރިހަމައަށް ވަގުތު ދެއްވާށޭ. އަދި ހަމަ އެހެންމެ 241 ކޮމިޓީން ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާށޭ. މިކަން ކުރަމުންދާނަމޭ.” އަސްލަމް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ ހަމަޖެހުމަކީ އަދި މަސްލަހަތަކީ ގައުމުގެ މަސްލަހަތާއި ހަލަބޮލިކަމާއި ބޮޑު ހިއްސާއެއް އޮންނާނެ ކަމެއްކަން އެންމެންނަށް ވެސް ވިސްނޭނެ ކަމަށާއި ޕާޓީގެ ހަމަޖެހުން ނަޝީދަށް އިންސާފު ލިބުމާއި ގުޅިފައި އޮންނާނެ މިންވަރު އޮޅޭނެ މީހެއް ވެސް ނުހުންނާނެ ކަމަށެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، ބޭރުގެ ފަރާތްތަކާ ގުޅިގެން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: