ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަފާތެރިކަމުގެ ވާހަކަ ބިގޭ ނުދައްކަވާ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އަލިފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބަހުގެ ހަމަލާތަކެއް އަމާޒުވެއްޖެ އެވެ.

އިމްތިޔާޒް ކޮމިޓީއަށް ހުށަހެޅި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ ބޭރުކޮށްލުމުގައި ބައިވެރިވިކަމަށް ބިގޭ އަށް ވަނީ ތުހުމަތުކުރެވިފައެވެ. އެކަމަކު މި ތުހުމަތައް ބިގޭ ދޮގު ކުރައްވަ އެވެ.

މިއަދު ހެނދުނު ރާއްޖެ ޓީވީން ގެނެސްދިން’ ޕްރޮގްރާމެއްގައި ބިގޭ ވިދާޅުވީ އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދިޔަ ދުވަހު ރައީސް ސޯލިހު ނުގުޅުއްވާ ކަމަށެވެ. އަދި މައްސަލައާ ގުޅޭ ގޮތުން އެއްވެސް މެމްބަރަކާ ގުޅުއްވާފައި ނުވާނެ ކަމަށެވެ.

އެ ޕްރޮގްރާމްގައި ބިގޭ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް އެމްޑީޕީގެ އެއްވެސް މެންބަރަކު ހުރަސްނާޅާނެ ކަމަށެވެ. އަދި ރައީސް ނަޝީދާ އޭނާއާ ދޭތެރޭގައި އެއްބަޑުއެއްބަފާ ކަމުގެ ގުޅުމެއް އޮންނަ ކަމަށާއި، އެހެންކަމުން ޚާއްޞަކޮށް އޭނާ ރައީސް ނަޝީދަށް އިންސާފު ހޯދުމަށް ހުރަސްނާޅުއްވާނެ ކަމަށްވެސް ބިގޭ ވިދާޅުވިއެވެ.

ބިގޭ އަށް ރައްދު ދެއްވައި ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވީ “އަޅުގަނޑުގެ ރަހުމަތްތެރިޔާ އަދި އަލިފުށީ ދާއިރާގެ މެމްބަރު” ސިޔާސީ ފައިދާއަށްޓަކައި ކުރައްވާ ކަންކަމާއި ވިދާޅުވާ ބަސްފުޅުތައް ހުދު އޭނާއަށް އެނގިވަޑައިގަންނަވާނެ ކަަމަށެވެ.

”އަޅުގަނޑަށް ރަނގަޅީ އެހެން ބޭފުޅުން އަޅުގަނޑަށް ބަހައްޓަވާނެ ވަފާތެރިކަމާ މެދުގެ ވާހަކަ އެ ބޭފުޅާ [ބިގޭ] ނުދެއްކެވިއްޔާ.” ނަޝީދު ވިދާޅުވިއެވެ.

މި މައްސަލައިގަ ބިގޭއަށް އެންމެ ބޮޑަށް ފާޅުގައި ފާޑުވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ އެވެ. އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގުރޫޕުގައި އީވާ ވިދާޅުވީ ބިގޭ ލޮބީ ކުރައްވައިގެން މައްސަލަ ކޮމިޓީއިން ބޭރުކުރުމަކީ ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް ހުރަސް އެޅުމަށް ހިންގި އަމަލެއް ކަމަށެވެ. އަދި ރައީސް ނަޝީދު ހުށަހަޅުއްވާ މައްސަލަތައް ފެއިލްކޮށްލުމަށް ބިގޭ މީގެ ކުރިން ވެސް މަސައްކަތް ކުރެއްވި ކަމަށް އީވާ ވަނީ ތުހުމަތު ކުރައްވާފައެވެ.

 

ވަރަށް ގަދަ
13%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 38%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: