ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މިފެންނަނީ ރައީސް ނަޝީދުގެ ފުރާނައިގެ އަގަށްވުރެ، ޅިޔަނުންގެ އަބުރުފުޅުގެ އަގު މަތި ކުރަން އުޅޭތަން”

އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު (ވައްޑޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

މިފެންނަނީ ރައީސް މުހައްމަދު ނަޝީދުގެ ފުރާނައިގެ އަގަށްވުރެ، ޅިޔަނުންގެ އަބުރުފުޅުގެ އަގު މަތި ކުރަން އުޅޭތަން ކަމަަށް އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދުގެ ފުރާނައިގެ އަގަށްވުރެ، ޅިޔަނުންގެ އަބުރުފުޅުގެ އަގު މަތި ކުރާން އުޅޭ ތަން ފެންނަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.

ބެލެވޭ ގޮތުގައި ވައްޑެގެ މި ވާހަކަ އަމާޒުކޮށްފައިވަނީ އަލިފުށީ ދާއިރާ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) އަށެވެ. އެގޮތުން ބިގޭ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނެވެ.

ބިގޭއާ ދެކޮޅަށް އޭނާ ނިސްބަތްވާ އެމްޑީޕީގެ ބައެއް މެމްބަރުން އަންނަނީ ތުހުމަަތުތަކެއް ކޮށް ފާޑުކިޔަމުންނެވެ.

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއި ކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމާ އެ މައްސަލަ ކޮމިޓީން ބޭރު ކޮށްލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ބިގޭ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މެންބަރު އީވާ ތުހުމަތު ކުރައްވާ ގޮތުގައި ކޮމިޓީން އެ މައްސަލަ ބޭރު ކޮށްލުމަށް އެމްޑީޕީގެ މެންބަރުންތަކެއް ވޯޓު ދެއްވީ ބިގޭ އެ މެންބަރުންނަށް ފޯނު ކުރައްވާ އެކަން ކުރަން އެންގެވުމުންނެވެ. ބިގޭ އެގޮތަށް އަމަލު ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަންގަވައިގެން ކަމަށް ވެސް އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތުކުރައްވަ އެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތީގެންވެސް އިގެނީ އެމްޑީޕީ މެންބަރުން ހަދަނީ ބިގޭ ބުނާ ގޮއިތްކަމެން ނުން ތީލާރި ދިނި ވޯޓްދޭ ޕާޓީޔެއް ކަން ތިކަމުންވެސް އެގެނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: