ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓު އާއްމު ނުކުރަން ކޮމިޓީއެއް ސިއްރުކުރާނީ އަމިއްލަ އެޖެންޑާއަކަށް: މީކާއިލް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ބައްދަލުވުމެއްގެ ވޯޓުގެ ނަތީޖާ ސިއްރު ކުރާނީ އަމިއްލަ އެޖެންޑާއެއް ފޮރުވަންކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލައާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (24 ކޮމިޓީ) އިން ވަނީ ހާއްސަ އިންކުއަރީއެއް ފަށާފައެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވީ ގޮތާއި ގުޅޭގޮތުން ކުރިޔަށް ގެންދާ އިންކުއަރީއަށް ވަކި ވަކި ސިފައިން ހާޒިރު ނުކުރެވޭނެކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ސިޓީ ފޮނުވި މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ހުށެހެޅުއްވީ ރައީސް ނަޝީދެވެ. މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް މައްސަލަ ބަލައިދޭން ހުށަހެޅި މައްސަލަ ބޭރުކުރުމަށް ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ހުށަހެޅުމުން އެ މައްސަަލަ ބޭރުކޮށްލާފައިވަނީ އެމްޑީޕީގެ ހަތަރު މެމްބަރެއްގެ ވޯޓު ހިމެނޭހެންނެވެ. އަދި އެ ވޯޓުގެ ސްކްރީންޝޮޓެއް ވަނީ ލީކުކޮށްލާފަ އެވެ.

ޒަމީލްގެ މައްސަލަ ބެލޭނެތަނެއް ނެތްކަމަށް ބުނެ ހުށަހެޅި މައްސަލައަށް ކޮމެޓީއިން ނެގި ވޯޓުގެ ސިއްރު ހިފެހެއްޓިފައި ނުވާތީ ކުރިއަށް އޮތް ތަނުގައި ސިއްރު ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ނުގެންދިޔުމަށް ނިންމައި ކޮމެޓީގެ މުގައްރިރު ޔާސިރު އަބްދުލްލަތީފް ވަނީ އެކަން ހާމަކޮށްފަ އެވެ.

އިއްޔެ އާންމުކުރި ބަޔާނުގައި ވަނީ ވޯޓުގެ ސިއްރު ނުހިފެހެއްޓި ވޯޓުގެ ނަތީޖާގެ ސްކްރީންޝޮޓެއް އާންމުވި މައްސަލާގައި ގިނަ ބައެއްގެ ފުރައްސާރައާއި ފިއްތުންތައް ބައެއް މެމްބަރުންނަށް ކުރިމަތިވަމުންދާކަން ހާމަކޮށްފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ދިމާވިޔަ ނުދިނުމަށް އޮންލައިންކޮށް ބޭއްވޭ ބައްދަލުވުންތައް ސިއްރުކުރާ ހިސާބުން ކޮމެޓީގެ ބައްދަލުވުން މެދުކަނޑާލުމަށާއި އެއަށްފަހު މަޖިލީހުގެ އިދާރާގައި އެބައްދަލުވުން ކުރިއަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖައްސައި ދޭން އެދޭނެކަމަށް ކޮމެޓީގެ މުގައްރިރު ވަނީ ހާމަކޮށްފަ އެވެ.

ކޮމެޓީއިން މިކަން ހާމަކޮށް އާންމުކުރި ބަޔާނާއިމެދު ހިތަހަމަނުޖެހުން ފާޅުކޮށް މީކާއިލް ވިދާޅުވީ ކޮމިޓީއެއް ސިއްރުކުރަން ނިންމަންވާނީ ގައުމީ ސަލާމާތަށް ނުރައްކާ ވެދާނެފަދަ، ދައުލަތުގެ ސިއްރެއް ހާމަވެދާނެފަދަ ނޫނީ ފަރުދެއްގެ ޒާތީ މައުލޫމާތު ހާމަ  ވެދާނެފަދަ ހާލަތެއް އޮވެއްޖެނަމަ އެކަނިކަމަށެވެ. އަދި އެނޫން ހާލަތެއްގައި ކޮމެޓީ ބައްދަލުވުމެއް ސިއްރު ކުރާނަމަ އެއީ އަމިއްލަ އެޖެންޑާއެއް ފޮރުވުމަށް ކުރެވޭކަމެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ބޮމުގެ ހަމަލާއާއި ގުޅޭ ގޮތުން ކުރިއަށްގެންދާ އިންކުއަރީއަށް ވަކި ވަކި ސިފައިން ފޮނުވުމަށް ދިފާއީ ބާރުން ދެކޮޅު ހެދުމުން އެމައްސަލަ ބަލައި ދިނުމަށް އެދި މަޖިލީހުގެ އިމްތިޔާޒް ކޮމެޓީއަށް ހުށައެޅުއްވީ އެމަނިކުފާނެވެ. އެހެންނަމަވެސް، އެމައްސަލަ ބެލުމަށް ނުފެންނަކަމަށް ހުށައަޅައި އެމްޑީޕީގެ ހަތަރު މެމްބަރެއްގެ ވޯޓާއެކު މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.

މައްސަލަ ބޭރުކޮށްލުމަށް ހުށައެޅުއްވީ ދަނގެތީ ދާއިރާގެ ޖޭޕީ މެމްބަރު މުހައްމަދު ނާޒިމެވެ. އެހެންނަމަވެސް، އެމްޑީޕީ ގިނަ މެމްބަރުން ތުހުމަތުކުރައްވާ ގޮތުގައި އެމައްސަލަ ބޭރުކޮށްލުމަށް ނާޒިމް އަރިހުގައި ދެންނެވީ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އެވެ. މައްސަލާގައި ބިގޭ އާއި ރައީސް ނަޝީދާއި ދެމެދު ބަހުގެ ހަމަލާތަކެއް ވެސް ވަނީ އަމާޒުކުރެވިފަ އެވެ.

ރައްޔިތުްނގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންގެ ފަރާތުން ބިގޭއަށް ބޮޑެތި ފާޑުކިޔުންތަކެއް އަަމާޒުވެފައިވެއެވެ. އެފާޑުކިޔުންތަކަށް ރައްދު ދެއްވައި ބިގޭ ވިދާޅުވީ ތުތި މަހަށް ކޮށައި ކާޅަށް ދިނަސް ހައްގުބަސް ބުނުމުގައި ދެމިހުންނާނެ ކަމަށެވެ. އަދި އޭނާއަކީވެސް އިސްލާހީ މަސައްކަތުގައި ފާއިތުވި ތިރީހަކަށް އަހަރު އެތައް އަނިޠާއެއް ލިބި މުޅި ހަޔާތް ޖާނާއި މާލުން ގުރުބާންކުރި މީހެއްކަމަށް ބިގޭ ވަނީ ވިދާޅުވެފައެވެ. ބިގޭގެ މި ވާހަކަތަކަށް ރައްދު ދެއްވައި، ރައީސް ނަޝީދުވަނީ މިމައްސަލާގައި ވާހަކަނުދެއްކެވުމަށް އެދިވަޑައިގެންފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: