ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޓްރެފިކް ކޮންޓްރޯލް ބަޔަކަށް އެއްކޮށް ދޫކޮށްލުމަކީ ކުރަންހެޔޮވާނެ ކަމެއްނޫން: ވައްޑެ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއާޕޯޓެއްގައި ހިމެނޭ އެއާޓްރެފިކް ކޮންޓްރޯލާއި އެއާ ނެވިގޭޝަން ފެސިލިޓީތަކުގެ ކޮންޓްރޯލް ބަޔަކަށް އެއްކޮށް ދޫކޮށްލުމަކީ ކުރަންހެޔޮވާނެ ކަމެއްނޫން ކަމަަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

އެފްޑީއައި ޕޮލިސީ އަށް ސަރުކާރުން އިއްޔެ ގެނައި އިސްލާހުގައިވާގޮތުން ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ އެވެ.

މީގެ އިތުރުން އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުން (ޓާމިނަލް ފެސިލިޓީސް ހިމެނޭހެން)، އެއާޕޯޓު އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށްވެސް 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން ވައްޑެ ވިދާޅުވީ ދައުލަތާ ރައްޔިތުންނަށް ފައިދާވާހެން އެއާޕޯޓެއް ހިންގަން ބަޔަކަށް ކުއްޔަށް ދިނުން ބަލައިގަނެވުނަސް، އެއާޕޯޓެއްގައި ހިމެނޭ އެއާޓްރެފިކް ކޮންޓްރޯލާއި އެއާ ނެވިގޭޝަން ފެސިލިޓީތަކުގެ ކޮންޓްރޯލް ބަޔަކަށް އެއްކޮށް ދޫކޮށްލުމަކީ ކުރަންހެޔޮވާނެ ކަމެއްނޫން ކަމަށާއި ލަގަން ދޫކޮށްލާކަން ނުވާނެ ކަމަށެވެ.

މި މައްސަލާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ

އެފްޑީއައިއަށް ގެނައި އިސްލާހުގައި، ޕްރައިވެޓް އިންވެސްޓަރުންނަށް އެއާ ޓްރެފިކް ކޮންޓްރޯލު އޮޕަރޭޝަން ކުރިއަށް ގެންދެވޭނެވާހަކަ ނޯންނާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އޮޅުންއަރާފައިވާތީ، އެފްޑީއައި ޕޮލިސީ އަށް ގެނައި އިސްލާހުގެ އިބާރާތް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: