ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރީޖަނަލް އެއާޕޯޓް ބޭރުގެ ބަޔަކަށް ވިއްކުމަށް ހުވަފެނުގައި ވެސް ނުދެކެން: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް--
ޝެއާރކޮށްލާ ކަހަލަދޯ؟

ރީޖަނަލް އެއާޕޯޓުގެ އެއްވެސް ހިއްސާއެއް ބޭރުގެ އެއްވެސް ބަޔަކަށް ވިއްކުމަށް ވިސްނުމެއް ހުވަފެނުގައި ވެސް ނުދެކޭ ކަމަށް އެކޮނިމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ ބޭރުގެ ފަރާތްތަކަށް އެއާޕޯޓް ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އިސްލާހުކޮށް އިއްޔެ އަމަލުކުރަން ފެށިއިރު އެ ޕޮލިސީގައި އެއާ ޓްރެފިކް ކޮންޓްރޯލް ވެސް އިންވެސްޓުކުރާ ބޭރުގެ ކުންފުންޏަށް ލިބޭތީ ބައެއް މީހުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ރީޖަނަލް އެއާޕޯޓު ކުންފުނީގެ ނުވަތަ ރާއްޖޭގެ އެއާޕޯޓެއްގެ އެއްވެސް ހިއްސާ ވިއްކާލުމުގެ އެއްވެއް ޝައުގުވެރިކަމެއް ވެސް، ވިސްނުމެއް ވެސް ހުވަފަނެއް ވެސް ނެތް ކަމަށެވެ.

“އަޅުގަނޑަށް ހުވަފެނުން ފެނުނު ކަމެއް ވެސް ނޫން އެއީ ކީ ރީޖަނަލް އެއާޕޯޓުގެ އެންމެ ހިއްސާއެއް ވެސް، އެންމެ ހިއްސާއެއްވެސް، ޕަސެންޓެއްގެ ވާހަކއެއް ނޫން. އެންމެ ހިއްސާއެއްވެސް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކުމުގެ ވިސްނުމެއް ނެތް” ފައްޔާޒު ވިދާޅުވިއެވެ.

އަދި އިންޑިއާގެ ޖީއެމްއާރްގެ ވަކީލަކަށް އޭނާ ކުރިން ހުރުމާއި މި ސަރުކާރުން ކުރާ ކަމަކާއި ގުޅުމެއް ނޯންނާނެ ކަމަށާއި އެގޮތުން ރާއްޖޭގެ އެއްވެސް އެއާޕޯޓެއް އިންޑިއާ އަށް ވެސް އަދި ބޭރުގެ އެހެން ގައުމެއްގެ އަމިއްލަ ކުންފުންޏަކަށް ވެސް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ސަރުކާރުން އެފްޑީއައި އިސްލާހުކޮށް އިއްޔެ ގެޒެޓް ކުރީ އިންޑިއަން އެގްޒިމް ބޭންކުން އުތުރުގެ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އިންވެސްޓް ކުރަން ނިންމާފައިވާ ވަގުތެއްގަ އެެވެ.

މިހާރު ގެނެސްފައިވާ ބަދަލާއެކު އެއާޕޯޓް ހިންގައި މެނޭޖު ކުރުމުގެ ބާރު ބޭރުގެ ކުންފުނިތަކަށް ލިބިގެން ދާނެ އެވެ. މީގެ އިތުރުން ރަންވޭ އާއި ޕެސެންޖާ ޓާމިނަލް ހިމެނޭ ގޮތަށް އެއާ ޓްރެފިކް ކޮންޓްރޯލުގެ ހިދުމަތާއި ގްރައުންޑް ސާވިސް އާއި އެއާފީލްޑުގެ ހިދުމަތްވެސް ބޭރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏަކަށް ދެވިދާނެ އެވެ. އަދި މި ހިދުމަތް ދޭން 50 އަހަރަށް އެއާޕޯޓް ކުއްޔަަށް ދެވޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: