ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަޒައިލްގެ ސަސްޕެންޝަން އުވާލުމުން، އަލުން އެމްޑީއަކަށް!

ޝަޒައިލް - ފޮޓޯ/ މޯލްޑިވް ގޭސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމަށް ތުހުމަތުކުރި ކޮރަޕްޝަންގެ މައްސަލަތައް ސާބިތު ނުވުމުން އޭނާގެ ސަސްޕެންޝަން އުވާލައި ވަޒީފާ ރުޖޫއަކޮށްފިއެވެ.

ޝަޒައިލްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވިފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންގެ މައްސަލައިގެ ތަހްޤީޤުގެ ތެރެއިން ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީ އިން ފުލުހުންނަށް ފޮނުވިއިރު އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތުމުން އެ މައްސަލަ ފައިލް ކުރުމަށް ފުލުހުން ވަނީ ނިންމާފައެވެ.

އެ މައްސަލައާ ގުޅިގެން ޝަޒައިލް ސަސްޕެންޑް ކުރިއެވެ. އެއީ އޮކްޓޯބަރު 16، 2019 ގައެވެ. އެހާއިރުން ފެށިގެން ޝަޒައިލް އަދިވެސް ސަސްޕެންޝަންގައި ހުންނެވިއިރު އޭނާ އަދި މަގާމުން ވަކިކޮށްފައެއް ނުވެއެވެ.

މޯލްޑިވް ގޭހުން ބުނީ ވަނީ ޝަޒައިލްގެ މައްޗަށް ކުރި ތުހުމަތުތައް ސާބިތުވެފައި ނުވާކަން އެކުންފުންޏަށް އޭސީސީން އަންގާފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ޝަޒައިލްގެ ވަޒީފާ ރުޖޫއަ ކޮށްފައިވާ ކަމަށް ބުންޏެވެ.

ޝަޒައިލް ވަނީ މީގެ ކުރިން ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި، ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ އިތުރުން ކޫއްޑޫ ފިޝަރީޒްގެ ޗެއާމަންކަންވެސް ކުރައްވާފަ އެވެ. ޝަޒައިލް އަކީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ޅިޔަނެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: