ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާފިއު ވަގުތު އިރުއޮއްސި 6 އިން ފަތިހު 4 އަށް!

މާލޭގެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވުމުން، 24 ގަޑިއިރުގެ ކާފިއު އެއް ހިންގި/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ނުރައްކާތެރި ކޮވިޑް 19 ވައިރަސް ފެތުރުން ހުއްޓުވުމަށް ގްރޭޓާރ މާލެ ސަރަހައްދުގައި ހިންގާ ކާފިއުގެ ވަގުތު އިރުއޮއްސި 6 އިން ފެށިގެން ފަތިހު 4 އާއި ހަމައަށް ބަދަލުކޮށްފި އެވެ.

އެގޮތުން އެޗްއޯއީސީ އިން ވަނީ މިރޭ ރާއްޖެއަށް ނުރައްކާތެރި ކޮވިޑްގެ ދެވަނަ ރާޅެއް އެރުމުގެ ސަބަބުން އެޅި ބައެއް ފިޔަވަޅުތަކަށް ލުއިދީފައެވެ. ކުރިން ކާފިއު ހިންގަނީ ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށެވެ. މިރޭ ކާފިއު ހިންގާ ވަގުތު ކުޑަކުރުމާއި ގުޅިގެން ދެން ކާފިއު ހިންގާނީ ބާރަ ގަަޑިއިރަށެވެ.

ކާފިއު ވަގުތު ކުޑަކޮށްދިނުމުގެ އިތުރުން އެޗްއީއޯސީ އިން ވަނީ، މާލެ ސަރަހައްދުގެ ޖިމްތައް ފަތިހު 5:00 އިން ހަވީރު 6:00 އަށް ހުޅުވަން ހުއްދަ ދިނުމަށް ވެސް ނިންމައިފިއެވެ.

މި ދެ ދުވަހު ވަނީ ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަރަށް މަދުވެފައެވެ. އެގޮތުން އިއްޔެ މާލެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 35 މީހުންނެވެ. އަދި މިރޭ މާލެއިން ކޮވިޑަށް ޕޮޒިޓިވް ވީ، 61 މީހުންނެވެ. އިއްޔެ އާއި އަޅައި ކިޔާއިރު މިއަދު ވަނީ އަދަދު މަތިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: