ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަހާނަތަކެއްގައި 5 އަހަރުގެ ދައުރެއް ނަގާލެވޭކަށް ނެތް: މީކާއިލް

ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ސަންގުޓީވީގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރަށް ފިއްތުތަންތަކެއް ކުރިމަތިވެދާނެތީ ނުވަތަ ސަރުކާރު ވެއްޓިދާނެތީ، ބަހަނާއެއްގައި 5 އަހަރުގެ ދައުރެއް ނިންމާލެވޭކަށް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޔޫތް ވިންގުގެ ރައީސް މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީ އަށް ނިސްބަތްވާ 66 މެމްބަރުންނާއި ރައީސް އާއި ކެބިނެޓުން ވެސް އެމްޑީޕީ ވެރިކަމަށް އައީ ކީއްވެ ކަން ހަނދާނަށް ގެންނަން ޖެހިފައިވާކަމަށް ކަމަށެވެ.

މީކާއިލް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ސުޕަރ މެޖޯރިޓީ އެއް ލިބި ވެރިކަން ލިބިފައިވާއިރު ވެސް، އެމްއެމްޕީއާރުސީގެ ހިޔާނާތް ފަދަ ބޮޑެތި މައްސަލަތަކުގައި ހަރަކާތްތެރިވި ވަކި ބަޔަކަށް އަދަބު ދީ އަނެއް ބަޔަކަށް އެއްވެސް އަދަބެއް ނުދެވުން ފަދަ ކަންކަން ހިނގާނަމަ ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒު ވާނެ ކަމަށެވެ.

މީގެއިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި މީހުންގެ ނަންތައް އިއުލާން ކުރެވުމަކީ ރައްޔިތުންގެ މަޖިލީހުން ކުރި ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި މީކާއިލް ވަނީ ފާހަގަކުރައްވައިފަ އެވެ.

ވެގެން އުޅޭ ގޮތަކީ ސަރުކާރެއްގެ ސިފައިގައި ވެސް ރައްޔިތުންގެ މަޖިލީހެއްގެ ސިފައިގައި ވެސް އިސްކަން ދޭންޖެހޭ ކަންކަމުގެ ތަރުތީބު އޮޅިފައިވާ ކަމަށް މީކާއިލް ވިދާޅުވިއެވެ. މީގެއިތުރުން މީކާއިލް ވަނީ މިއަދު ދިވެހިރާއްޖޭގައި އާދައިގެ ރައްޔިތަކަށް އިންސާފު ހޯދައިދެވެނީ ކިހާ މިންވަރަކަށްތޯ އަހައި ސުވާލު އުފައްދަވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަށް ދެއްވި ހަމަލާއަށް އަލިއަޅުއްވައިލައްވާ ދެއްކެވި ވާހަކައިގައި މީކާއިލް ބުނީ އެ ތަހްގީގުގެ ސްޕީޑާއި އެކަމުގެ ތަހްގީގު ހިނގާ ގޮތާއި މެދު ހިތްހަމަނުޖެހޭ ކަމަށެވެ.

ކުށްތަކުގައި ނުފޫޒު ގަދަ ބާރު ހުންނަ މީހުން ހައްޔަރުކުރުމުން ފުލުހުން އެމީހުންގެ ވަނަވަރެއް ވެސް މައުލޫމާތެއް ހިއްސާ ނުކުރާ ކަމަށެވެ. ނަމަވެސް އާދައިގެ މީހާ ހައްޔަރުކުރުމުން ފޮޓޯވެސް އާއްމުކުރައްވާ ކަމަށާއި ވަނަވަރުވެސް ހާމަ ކުރައްވާކަން މީކާއިލް ވަނީ ފާހަގަކުރައްވައިފައެވެ.

ވަރަށް ގަދަ
90%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: