ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންއައިސީން ވަކި ކުރި އަމީނަކީ އޭސީސީގެ އިންވެސްޓިގޭޝަން ހެޑުތޯ ކޮމިޝަނުން ކަށަވަރުކޮށް ނުދިން!

އަމީން އެންއައިސީއަށް އައްޔަން ކުރީ މިދިޔަ ސަރުކާރުގައި، ކޮމިޝަނުން ވަކި ކުރަން ނިންމުން އިސްތިއުފާ ދިނީ މިދިިޔަ އަހަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމުގައި ހުންނަވައި ރަނގަޅަށް ޒިންމާ އަދާކޮށްފައިނުވާކަމަށް ބުނެ މަޖިލީހުން މައްސަލަ ބަލަން ފެށުމުން މަގާމުން އިސްތިއުފާ ދެއްވި އަހުމަދު އަމީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑަކަށް އައްޔަނުކޮށްފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އަމީން މަގާމުން އިސްތިއުފާ ދިނީ އޭނާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއ ބެހޭ މުވައްސަސާތަކުގެ ކޮމިޓީން ބަލަން ފެށުމުންނެވެ. އޭރު ކޮމިޓީއިން އެކުލަވާލި ސަބް ކޮމިޓީން ދިރާސާ ކުރީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ފުލުހުންނާ މެދު ކޮމިޝަނުން އަމަލު ކުރި ގޮތެވެ. ސަބް ކޮމިޓީން މައްސަލައިގައި އެކުލަވާލި ރިޕޯޓިގައިވާ ގޮތުން އެންއައިސީގެ ހަތަރު މެންބަރަކު އެކަށީގެންވާ ގޮތަކަށް މަގާމުގެ މަސްއޫލިއްޔަތު އަދައެއް ނުކުރެއެވެ. އެއީ އޭރު ކޮމިޝަންގެ ރައީސަކަށް ހުންނެވި އަހުމަދު ސުލައިމާނާއި، ނައިބު ރައީސް ހައްސާން ހަމީދު އާއި، އަމީން އަދި، މެންބަރު ހަދީޖާ އަބްދުﷲ އެވެ.

އެންއައިސީން އެ މައްސަލައިގައި ފުލުހުން އަމަލު ކުރިގޮތް ރަނގަޅަށް ނުބަލައި، ނިންމީ ރިޟްވާންގެ މައްސަލަ ކުރިޔަށް ގެންދިއުމުގައި އިހުމާލެއް ނެތް ކަމަށެވެ. އަދި އެކަމަށް އަމީން ހިމެނޭހެން މެމްބަރުން އިއުތިރާފު ވެސް ވި އެވެ.

މައްސަލައާއި އެކު އަމީން އިސްތިއުފާ ދިނީ މިދިޔަ އަހަރުގެ ޖުލައި 12 ގަ އެވެ.

އެނގިފައިވާ ގޮތުން އަމީން އެންމެ ފުރަތަމަ ހަމަޖެއްސީ އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަގާމަށެވެ. އޭގެ ދުވަސްތަކެއް ފަހުން ޑިޕާޓްމެންޓުގެ ހެޑުގެ މަގާމު ހުސްވުމުން، އެ މަގާމަށް އޭނާ އައްޔަން ކުރީ އެވެ.

“ސަންގު” އިން އޭސީސީގެ މީޑިއާ އޮފިޝަލަށް ގުޅައި އެ ހަބަރު ކަށަވަރުކޮށްދޭން އެދުމުން އޮފިޝަލް ވިދާޅުވީ “އެކަހަލަ މައުލޫމާތު” ހިއްސާއެއް ނުކުރާ ކަމަށެވެ. އަމީން މަސައްކަތް ކުރަނީ އޭސީސީގައި ތޯ ނުވަތަ ނޫންތޯ ކަށަވަރުކޮށްދޭން އެދުމުން ވެސް އޮފިޝަލް ވިދާޅުވީ އެ މައުލޫމާތު ވެސް ދެވެން ނެތް ކަމަށެވެ.

އަމީން ވަކި ކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި މާލޭގެ ގެއެއްގައި ކުލަ ހެދުމުގައި ތިބި ފުލުހުންތަކެއް އާއްމުންގެ މީހަކަށް އަނިޔާ ކުރި މައްސަލަ ނުބަލައި ދޫކޮށްލުން ވެސް ހިމެނެ އެވެ.

އަމީން އެންއައިސީއަށް އައްޔަން ކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި 2016 ވަނަ އަހަރު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: