ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫއިން އިންޗިއެއްގެ ބިންވެސް ބޭރުގެ ބަޔަކަށް ނުދޭނެ: މެމްބަރު ގަފޫރު

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ހަނިމާދޫގެ އެންމެ އަކަ އިންޗިއެއްގެ ބިންވެސް ދިވެހި ދައުލަތަށް ނޫން ގޮތެއްގައި ބޭނުން ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އެއާޕޯޓް އިންޑިއާގެ ކުންފުންޏަކާއި ހަވާލުކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް މީގެ ކުރިން ވަނީ އަޑުފެތުރިފައެވެ. އެކަމަށް އަމާޒުކޮށް ސުވާލު ކުރުމުން ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ގަފޫރު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުގައި 100 އިންސައްތަ ބޭރު ކުންފުނިތަކަށް އެއާޕޯޓްތައް އޮޕަރޭޓް ކުރެވޭ ގޮތަށް ހަދައި، އެއާޕޯޓްތައް އޮޕަރޭޓްކުރަމުން ގެންދިޔަ ކަމަށެވެ.

އެގޮތުން އެއަޓްރެފިކިންގް މައްސަލައާއި ގުޅިގެން އޮޅުންތަކެއް އަރާފައިވާ ބައިތައް އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މިހާރު ސާފުކޮށްދީފައިވާ ކަން ފާހަގަކުރައްވައި، ގަފޫރު ވިދާޅުވީ، ސިޔާސީ ދާއިރާގައި އެހާ ގިނަ ދުވަހު ހަރަކާތްތެރިވެފައި ނެތް ނަމަވެސް މިސަރުކާރުގެ ތެރޭގައި ހިނގާ ލައްކަ ގިނަ ކަންކަން އެބޭފުޅާއަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

މެމްބަރު ގަފޫރު ވަނީ ވަރަށް ޔަގީންކަމާއިއެކު ހަނިމާދޫގެ އެއަރޕޯޓް ހިންގާނީ ދިވެހި ސަރުކާރުން ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރާނީ ވެސް ދިވެހި ސަރުކާރުން ކަމަށާއި އަދި ހަނިމާދޫ އެއަޕޯޓް ބޭރުގެ ބައެއްގެ އަތް މައްޗަށް ދޫކުރަން އުޅޭކަމަށް ބުނެ އިދިކޮޅުން ފަތުރަމުން ގެންދަނީ “ރޯބުހުތާނު ދޮގުތަކެއް” ކަމަށެވެ.

ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ރައްޖޭގައި 5 އަހަރު ދުވަސް ވަންދެން ވެރިކަން ކުރެއްވި އިރުގައި ހަނިމާދޫގެ ތަރައްގީއަށްޓަކައި ކޮށްދެއްވި ކަމެއް ދެއްކެވުމަށްވެސް މެމްބަރު ގަފޫރު ވަނީ އިދިކޮޅަށް ގޮވާލާފަ އެވެ.

މެމްބަރު ގަފޫރު ވިދާޅުވީ މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫއުއާއި އަދި ފެންވަރު ރަނގަޅު ބޮޑު ބަނދަރެއް ހެދުމުގެ މަސައްކަތް ކުރެވުމުން ދާ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބޮޑު ޓާފް ދަންޑެއް އެޅުމުގެ މަސައްކަތް ހަނިމާދޫގައި ފަށައިގެން މިހާރު ނިމެން ކައިރިވެފައިވާ ކަންވެސް މެމްބަރު ގަފޫރު ފާހަގަކުރެއްވިއެވެ.

ގަފޫރު ވަނީ އިދިކޮޅު ފަރާތްތަކުން ހަނިމާދޫ އޭ ކިޔައި ވާހަކަ ދެއްކުމުގެ ކުރިން ރަށުގެ ތަރައްގީއަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހަނިމާދޫގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް މެމްބަރު ގަފޫރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

މެމްބަރު ގަފޫރު ވިދާޅުވީ ހަނިމާދޫ ރައްޔިތުންނަކީ އޭނަަ ވެސް ވަރަށް ރަނގަޅަށް ދަންނަ ބައެއް ކަމަށާއި، ރަށުގައި ހުންނަ އެއަރޕޯޓް ތަރައްގީ ކުރުމާއި އެއްވެސް ރައްޔިތަކު ދެކޮޅެއް ނުވާނެ ކަމަށެވެ.

އެގޮތުން ސަރުކާރުން ޕްލޭން ކުރިގޮތަށް ރަނގަޅު ފެންވަރެއްގައި ހަނިމާދޫ އެއަޕޯޓް ތަރައްގީ ކުރެވިގެންދާނެ ކަން މެމްބަރު ގަފޫރު ވަނީ ފާހަގަކުރައްވައިފައެވެ.

ހަނިމާދޫގެ އެއްވެސް ތަނެއް ބޭރު ބައެއްގެ އަތަށް ސަރުކާރުން ނުދޭނެ ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ. ގަފޫރު ވަނީ އިދިކޮޅު ފަރާތްތަކަށް ހުރިހާ ކަމެއް ރަނގަޅަށް އެނގި ތިބެ ކަންކަން އޮޅުވާލައިގެން ވާހަކަތައް ދައްކަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 15%ވަރަށް ގަޔާވޭ 85%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޜައްޔިތުންނާ މައުލޫމާތު ހިއްސާ ނުކުރެވިގެން ތިޔައުޅެނީ ކީއްވެތަ. ޒުވާނުން އާދޭސްކުރާއިރު ބައްދަލު ނުކުރެވުގެން، ފޯނުނުނުނަގަ ތިޔައުޅެނީ ކީއްވެތޯ. ޙަމައެކަނި ޕާޓި އެކްޓިވިސްޓުންނާ ބައްދަލު ކިރެވެނި. ޤާނޫނީ ހަމަތައް ފުރިހަމަ ނުކޮއް އަވަސް އަވަހައް ކައުންސިލަރުނަށް ޕުރެސަރ ކޮއްގެން ބިންކޮޅު ނުލިބިގެން ތިޔައުޅެނީ ކީއްވެތޯ؟ މައުލޫމާތު ހޯދަން ޕެޓިސަން ހަދާ، މުޒާހަރާ ކުރަން ޖެހުމަކީ ދެރަކަމެެއް. މެންބަރަކީ އަދިއަންނާނެ އަހަރެމެން ވެސް ތިކަން ދައްކާލާނަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: