ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިމާލު އޭސީސީ އަށް ހާޒިރުވާން އަންގައިފި

ކ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލު— ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. އަތޮޅު ކައުންސިލްގެ ރައީސް އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލު އެންޓި ކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ) ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.

ނިމާލަށް އޭސީސީން ފޮނުވާފައިވާ ޗިޓުގައި ބުނެފައިވަނީ އޭނާ ހާޒިރުކުރަނީ ބ. އޭދަފުށި އިންޖީނުގެއަށް މުވައްޒަފުން އިތުރުކުރުމަށްޓަކާ، އެއްވެސް އިއުލާނެއް ނުކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މުވައްޒަފުން ނަގާފައިވާ މައްސަލައާ ގުޅިގެން ބަޔާނެއް ނެގުމަށް ކަމަށެވެ.

ނިމާލު އޭސީސީ އަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 11:30 އަށެވެ.

މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނީ މިއީ ވާދަވެރި ސިޔާސީ ޕާޓީގެ ގޮތުގައި މިވަގުތު އޮތް ކޯލިޝަނަށް ބިރު ދައްކާ، ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އިދިކޮޅުގެ މަސައްކަތްތައް ހުއްޓުވައި އަދި ކޯލިޝަނުގެ ފަރާތުން މަގާމުތަކަށް އިންތިހާބުވެފައިވާ ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅުމަށް ސަރުކާރުން ހިންގާ އަމަލެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިޔައްވުރެ މާރަނގަޅުވާނެ ތިމާމެން ކޮވިޑު ވައްކަން ބެލިއްޔާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: