ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހަކު އެއްފަހަރު ރިސޯޓުތަކުގައި 10 އިންސައްތަ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަންޖެހޭ!

ރާއްޖޭގެ ރިސޯޓުތަކުގެ ބައެއް މުވައްޒަފުން ވީއައިއޭ އެއާޕޯޓުގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތައް ކޮންމެ މަހަކު އެއްފަހަރު އެ ރަށެއްގެ 10 އިންސައްތަ މުވައްޒުންގެ އެކްޓިވް ސަވައިލެންސްގެ ގޮތުގައި ސާމްޕަލް ނަގަންޖެހޭނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދީފައިވާއިރު، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ވަކި އުސޫލުތަކަކާއި އެއްގޮތަށް ރަށަށް ދެވޭނެކަން ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެވަގުތު މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްތަކަށް ދެ ޑޯޒް ފުރިހަމަކޮށްފައި ތިބި ރިސޯޓު މުވައްޒަފުންނަށް ދަތުރު ކުރެވޭނެ ކަމަށެވެ. އަދި އެ މީހަކީ އެއީ ޑޯޒް ފުރިހަމަ ކުރިތާ 14 ދުވަސްވެފައި ހުރި މީހަކަށް ވާންޖެހޭނެކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: