ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންދުން ދޫކުރީ ރައީސް ނަޝީދަށް ދިން ހަމަލައާއި ގުޅުން ހުރި ބައެއް ނޫން: ފުލުހުން

ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގޭ ކައިރީ ފުލުހުންގެ ފޮރެންސިކުން ހަރަކާތްތެރިވަނީ— ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލާފައިވަނީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ހަރުކަށި ފިކުރާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔައްރު ކުރެވުނު ތިން މީހުންކަމަށް ފުލުހުން ބުނެފި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި ހައްޔަރު ކުރި ބަޔަކު ބަންދުން ދޫކޮށްލާފައިވާކަމަށް ބުނެ މިރޭ ބައެއް މީޑިއާތަކުގައި ހަބަރުތަކެއް ފެތުރުނެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް “ސަންގު” އަށް ވިދާޅުވީ ދޫކޮށްލި މީހުން ހައްޔަރު ކުރީ ރައީސް ނަޝީދަށް ދިން ހަމަލައާއި ގުޅުން ހުރި ކަމުގެ ތުހުމަތަށް ނޫން ކަމަށެވެ. ނަމަވެސް އެ މީހުންނަކީ އެއީ އެ ހަމަލާއަށް ފަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރުކަށި ފިކުރާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ކަމަށް ފުލުހުން ބުންޏެވެ.

މައްސަލައިގައި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކުގެ ތެރެއިން ހައްޔަރު ކުރި ތިން މީހަކު ކްރިމިނަލް ކޯޓުން ދޫކުރީ މިއަދު ކަމަށެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެކަމަށް ވެސް އެ އިދާރާއިން މީޑިއާތަކަށް މައުލޫމާތު ދިނެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް، އައިއީޑީއެއް ގޮއްވާލި ހާދިސާއާއި ގުޅުން ހުރިކަމުގެ ތުހުމަތަށް މިހާތަނަށް 08 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެ ހަމަލާއަށް ދެ މަސް ވީއިރު ވެސް ފުލުހުން މީޑިއާތަކަށް ހިއްސާކުރީ 05 މީހެއްގެ ވަނަވަރު އެކަންޏެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި، މއ. ފޭރުގޭ، މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން ލ. ގަން ދުންފިނި އުފާ އަހްމަދު ފާތިހު އަދި ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: