ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާކް ކޮވިޑު އިމަޖެންސީ ފަންޑުގެ ދަށުން ޕާކިސްތާނުން ރާއްޖެއަށް 5.9 މިލިއަން ރުފިޔާ ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑްގެ ހީނަރުކަމުންް އަރައިގަތުމަށް ދިވެހިރާއްޖެއަށް ޕާކިސްތާން ސަރުކާރުގެ ފަރާތުން 5،958،781.44 ރުފިޔާ (386،432 ޑޮލަރު) ގެ އެހީދީފިއެވެ.

ޕާކިސްތާންއިން މި އެހީ ދެއްވީ ސާކް ކޮވިޑް-19 އިމަޖެންސީ ފަންޑުގެ ދަށުންނެވެ.

ފޮރިން މިނިސްޓްރީގެ އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝަހިދުއަށް ފައިސާ އެހީގެ ރަމްޒީ ޗެކް ދެއްވީ ޕާކިސްތާންއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުޚްތާރުއެވެ.

ސާކް ކޮވިޑް-19 އިމަޖެންސީ ފަންޑަކީ މާޗް 2020 ގައި ސާކް ގައުމުތަކުގެ އިސްވެރިން ބޭއްވި ސާކް ހެޑް އޮފް ސްޓޭޓްސް އެންޑް ގަވަމެންޓްސްގެ ވާޗުއަލް ސަމިޓްގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އުފައްދާފައިވާ ފަންޑެކެވެ.

ސާކް ގައުމުތަކުގެ މެދުގައި ފައިސާގެ އެހީދެއްވައިގެން އުފައްދާފައިވާ މިފަންޑުގެ ބޭނުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ސައުތު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ދިމާވާ ދަތިތަކާއި ހީނަރުކަމުން އަރައިގަތުމަށް އެ ސަރަހައްދުގެ ގައުމުތަކަށް އެހީވުމެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ޝާހިދުވަނީ ޕާކިސްތާންއިން ދިވެހިރާއްޖެއަށް ބަހައްޓާ ހާއްސަ އަދި ގާތްގުޅުން ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއަށާއި އެގައުމުގެ ސަރުކާރާއި ރައްޔިރުންނަށް ޝުކުރުދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: