ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފްރަތު ބިލްގެ ދިފާއުގައި ސަރުކާރުން ނުނިކުންނާތީ ކަންބޮޑުވޭ: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ(އިންތި)-- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅުއްވި ބިލުގެ ދިފާއުގައި ސަރުކާރުން ވާހަކަ ނުދައްކާތީ ވަރަށް ކަންބޮޑުވެލައްވައި ކަމަށް ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.

އެ ބިލު ދިރާސާކޮށް ޖުޑީޝަރީ ކޮމިޓީން ގެނައި އިސްލާހުތަކުގެ ރިޕޯޓްގެ ބަހުސްގައި ބައިވެރިވެ، މިއަދު ދެއްކެވި ވާހަކަފުޅުގައި އިންތި ވިދާޅުވީ، ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވުމަށް ފަހު އެ ބިލުގެ ދިފާއުގައި ސަރުކާރުން ނުނިކުންނަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

މީގެއިތުރުން އިންތި ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް އެބިލް ހުށަހެޅުއްވި ތުޅާދޫ ދާއިރަގެ މެންބަރު ހިސާން ހުސައިން ދިމާލަށް ލާދީނޭ އޭ ގޮވައި، އޭނާގެ ފުރާނައަށް ގެއްލުންވާ ހިސާބަށް ބައެއް މީހުން ކަންކަން ގެންގޮސްފައިވާތީ އެކަމާއި ވަރަށް ބޮޑަށް ހިތާމަ ކުރައްވައި ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން، ނަފްރަތުގެ ބިލަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ގެނައި ބައެއް އިސްލާހުތައް އުނިކުރަން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބު އަބްދުﷲ އިސްލާހު ފޮނުއްވީ ސަރުކާރުން ބުނެގެން ކަަމަށްވެސް އިންތި ވަނީ ވިދާޅުވެ ފައެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ނަފްރަތުގެ ބިލްގެ ރިޕޯޓަށް  ބަހުސް ކުރެއްވި އިރުގައި ވަނީ މަޖިލީހުގެ އެމްޑީޕީ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިފައެވެ. އެގޮތުން ބައެއް މެމްބަރުން ވަނީ ރައީސުލުޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އިސްތިއުފާ އަށް ގޮވައިލައްވާ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: