ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަފުރަތުގެ ބިލާ ގުޅިގެން ސަރުކާރުން ހިސާން ދިފާއު ނުކުރާތީ އީވާގެ ފާޑުކިޔުން!

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

“ނަފްރަތުގެ އަމަލު ހިިންގުން” ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ހިސާންއަށް އިންޒާރު ދެމުންދާއިރު ވެސް ސަރުކާރުން އެކަމަނާ ދިފާއު ނުކުރައްވާތީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

“ނަފްރަތުގެ އަމަލު ހިިންގުން” ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ބިލާއެކު ހިސާނަށް މަރުގެ އިންޒާރު ދިން އިރުވެސް ހިސާންގެ ދިފާއުގައި އެއްޗެއް ވިދާޅުވީ ހަމައެކަނި އެޓާނީ ޖެނެރަލް ކަމަށާއި ސަރުކާރަށް އެއްޗެއް ވިދާޅުވާން ނުކެރުނު ކަމަށެވެ.

އީވާ ވިދާޅުވީ މި ބިލަކީ ސަރުކާރުން ހުށަހަޅާފައިވާ ބިލެއްކަމަށާއި، އަދި އެއަށްފަހު ބިލަށް ބޮޑު އިސްލާހެއް ހުށަހަޅާ ބިލުގެ މަފްހޫމުވެސް ބަދަލު ކުރީ ސަރުކާރުން ކަމަށެވެ. އަދި އަނެއްކާވެސް ބިލު އަނބުރާ ކޮމިޓިއަށް ފޮވުމަށް ފާސްކޮށްފައިވަނީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ކަމަށް ވިދާޅުވިއެވެ.

މިބިލަށް ވާހަކަ ދެއްކަވަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންނާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި ދަނީ ބަހުގެ ހޫނު ހަމަލާތައް ބަދަލު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: