ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިނިސްޓަރ އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކޮށް، އިންސާނީ ހައްޤުތައް ކުރިއަރުވަން ސަރުކާރުން ކުރައްވަމުންދާ މަސައްކަތް އިނގިރޭސިވިލާތުން ބަލައިގަނެ، އެގައުމުގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ.

އިނގިރޭސި ވިލާތުން ގައުމުތަކާ އެކު ވިޔަފާރި އަދި އެހެނިހެން ގުޅުންތައް ބޭއްވުމުގައި އެ ގައުމެއްގެ އިންސާނީ ހައްގުތަކުގެ ހާލަތުގެ މައްޗަށް ރިއާޔަތް ކުރެއެވެ. އަދި މިއަހަރުގެ ޔޫކޭ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ ރިޕޯޓުގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކުރުމުގެ ސަބަބުން ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންސާނީ ހައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހްގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އެއް ތަނބު ކަމަށާއި ރައީސް ސާލިޙްގެ ސަރުކާރުން އިންސާނީ ހައްޤުތަކުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭސް އަދި އިންސާނީ ހަޤުތަކާ ބެހޭ އދ.ގެ ހައިކޮމިޝަނަރ މިޝޭލް ބެޝެލޭ ވަނީ ފާހަގަކުރައްވާފައި ކަމަަށެވެ.

މިއަހަރު ރާއްޖޭގެ އިތުރުން މި ލިސްޓުން އުނިކޮށްފައިވަނީ ބުރުންޑީއެވެ. އަދި ލިސްޓަށް އިތުރުކޮށްފައިވަނީ ބެލަރޫސް، މާލީ، ނިކަރާގުއާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: