ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާ ގުޅިގެން އެޑްމިޓް ކުރާ މީހުންގެ އަތުން ފައިސާއެއް ނުނަގާނެ: އައިޖީއެމްއެޗް

އައިޖީއެމްއެޗް ހޮސްޕިޓަލް އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާ ގުޅިގެން އެނދުމަތި ކޮށްގެން ދޭ ފަރުވާތަކަށް ދިވެހިން އަދި ބިދޭސީންވެސް ފައިސާ ދައްކާކަށް ނުޖެހޭނެ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން އެހެން ބުނެފައި ވަނީ ކޮވިޑާއި ގުޅިގެން އެނދުމަތި ކޮށްފައިވާ ބިދޭސީއެއްގެ ބިލަށް އެރި ފައިސާ މައާފުކޮށްދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކައާ ގުޅިގެން ކުރި ޓުވީޓެއްގައެވެ.

“ކޮވިޑް އާއި ގުޅިގެން އެނދުމަތިކޮށް ދެވޭ ފަރުވާތަކަށް ދިވެހިން އަދި ބިދޭސީން ފައިސާ ދައްކަން ނުޖެހޭނެވާހަކަ ދަންނަވަމެވެ” އެ ހޮސްޕިޓަލުން ބުނެއެވެ.

ކޮވިޑް ބަލީގައި ހާލު ސީރިއަސްވެ ބަނޑަށް ހަތް މަހުގައި ދަރިފުޅު ނަގަން ޖެހުނު، ބަންގުލަދޭޝްގެ އަންހެނެއްގެ ބިލަށް ތިން ލައްކައެއްހާ ރުފިޔާ އަރާފައިވާ ކަމަށް ބުނެ އޭނާގެ ފަރާތުން ބަޔަކު ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

އޭނާގެ ހޮސްޕިޓަލް ބިލަށް ތިން ލައްކައެއްހާ ރުފިޔާ އަރާފައިވާ ކަމަށާއި އެގޮތުން ބިލަށް އަރާފައިވާ ފައިސާ އައިޖީއެމްއެޗުން މަޢާފުކޮށްދީފައިވާ ކަމަށް ބައެއް މީޑިއާތަކުގައި އިއްޔެ ވަނީ ރިޕޯޓްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: