ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާޒިމްއާއި ރިޔާޒްގެ ސިޔާސީ ޕާޓީއެއް، ރެޖިސްޓްރޭޝަން ސޮއި ހަމަކުރުން ކުރިޔަށް!

ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމް އާއި، މެމްބަރު އަބްދުﷲ ރިޔާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރާއި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ ވަރަށް ސޮއި ހަމަކޮށްފި އެވެ.

ސަރުކާރުގެ ކޯލިޝަންގެ އެއް ހިއްސާދާރު ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައި، އުފައްދާ ސިޔާސީ ޕާޓީގެ ވާހަކަތައް ދެކެވޭތާ ވަނީ ދުވަސްތަކެއް ވެފައެވެ. މިވާހަކަތަށް ނާޒިމް އާއި އަބްދުﷲ ރިޔާޒު އަދި ޖޭޕީން ވެސް ދޮގުކޮށްފައި ނުވެއެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު މީޑިއާތަކުގައި ދެބޭފުޅުން ޕާޓީއެއް އުފައްދަވަން އުޅޭ ވާހަކަ ވަރަށް ބޮޑަށް ދެކެވުނެވެ. އެހެން ނަމަވެސް އޭރު އެ ވާހަކަތައް ނާޒިމް އަދި ރިޔާޒް ވެސް ދޮގު ކުރި އެވެ. އޭރު އެ ވާހަކަތައް ދޮގުކޮށް ރިޔާޒް ވިދާޅުވީ ސިޔާސީ ދާއިރާގެ އެއްވެސް މަސައްކަތަކީ ފިލައިގެން ސިއްރުން ތިބެ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޕާޓީއެއް އުފައްދަން ބޭނުންވާނަމަ ކެރިގެން ހުރެ ރައްޔިތުންގެ ތާއީދު ހޯއްދަވާނެކަމަށް ވިދާޅުވެފައި ވެއެވެ.

އޭރު މީޑިއާތަކުން އެ ވާހަކަ ރިޕޯޓު ކުރުމުން ނާޒިމް ވިދާޅުވީ އޭނާ އަކީ ރައްޔިތުން ބޮޑު ތާއީދަކާއި އެކު މަގާމެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. އެހެން ކަމުން ސިޔާސީ މަސައްކަތުން އިތުރަށް ކުރިޔަށް ދާނަމަ އެ ތާއީދު އޮންނާނެކަމަށް ވިދާޅުވެފައި ވެއެވެ.

އޭގެ ފަހުން ކޮވިޑު-19 ގެ ހާލަތު ރާއްޖޭގައި ގޯސްވެ، ދެ ބޭފުޅުން ވެސް އުފައްދަވަން މަސައްކަތް ކުރި ޕާޓީ ނުއުފެއްދި “ފެއިލްވެއްޖެ” ކަމަށް ރިޕޯޓުތައް އައެވެ.

އިތުބާރު ހުރި މަސްދަރަކުން “ސަންގު” އާއި ވާހަކަ ދައްކަމުން ބުނީ އަނެއްކާވެސް ޕާޓީގެ މަސައްކަތް ފެށި މިހާރު ކުރިޔަށް ދަނީ ޕާޓީގެ ރެޖިސްޓްރޭޝަންގެ މަސައްކަތް ކަމަށެވެ. އަދި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ޕާޓީގެ ލީޑާޝިޕާއި އަދި ޕާޓީ އުފެއްދުމުގެ މަގްސަދާއި ގުޅޭގޮތުން އިތުރު ތަފްސީލުތަކެއް ލިބިގެންދާނެ ކަމަށެވެ.

އެނގިވައިވާ ގޮތުން މި ޕާޓީއާއި މަޖިލީހުގެ ބައެއް މެމްބަރުން ގުޅިވަޑައިގަންނަވާނެ އެވެ. އެހެން ނަމަވެސް އެއީ ސީދާ ކޮން މެމްބަރުންނެއްކަން ޔަގީނެއް ނޫނެވެ. މަޖިލީހުގައި މިވަގުތު އަމިއްލަ މެމްބަރުންގެ ގޮތުގައި ތިއްބެވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އާއި، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންނެވެ.

ރާއްޖެއަށް މަލްޓި ޕާޓީ ސިސްޓަމެއް ތައާރަފްކުރެވި، މިވީ އަހަރުތަކުގެ ތެރޭގައި ގިނަ ސިޔާސީ ޕާޓީތަކެއް އުފެއްދުމަށްފަހު އެ ޕާޓީތައް އުވިގެން ގޮސްފި އެވެ. އަދި އޭގެ ތެރެއިން މިވަގުތު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުން ދަނީ 10 ޕާޓީއެެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ދިމާވި، ފެނުގެ ކްރައިސިސްގެ ތެރެއިން އާއްމުންގެ ބޮޑު ތާއީދަކާއި ތަރުހީބެއް ނާޒިމަށް ލިބިގެން ދިޔަ އެވެ. އަދި އޭނާ އޭރު ޑިފެންސް މިނިސްޓަރު ކަމުން ވަކި ކުރީ، މަގުބޫލުކަން އިތުރުވަމުންދާތީ ކަމަށް ވެސް މީޑިއާތަކުގައި ވާހަކަ ދެކެވުނެވެ. ނާޒިމް މިނިސްޓަރުކަމުން ވަކިކުރީ ކޮޓަރިން ފިސްތޯލައެއް ފެނުނުކަމަށް ބުނާ މައްސަލައެއްގައެވެ. އެދައުވާތަކުން ސަލާމަތްވެ، މިނިވަންވުމަށްފަހު ދެން ޏާޒިމް ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއާއި އެވެ. އަދި ދަނގެތީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ.

ވަރަށް ގަދަ
73%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ޕާޓީ ހަދައިގެން އެޕާޓީން ކުރާނީ ބަޣާވާތް. ޕާޓީގެ ނަމަކަށް ބަޣާވާތް ޕާޓީ (ބީޕީ) ކިޔަން ފެނޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: