ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޕީޔޫގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއަށް ޖީހާން!

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު -- ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަރ ޕާލިމެންޓަރީުު ޔޫނިއަންގެޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސްކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އިންތިހާބުވެއްޖެ އެވެ.

މި ޔޫނިއަން އަކީ 157 ގައުމުގެ މައްޗަށް އެކުލެވޭ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. މި ގައުމުތަކާއި ވާދަކޮށް ޖީހާން ކޮމިޓީގެ މެންބަރުކަމަށް ޖީހާން ހޮވިފައިވަނީ އޭޝިއާ ފެސިޕިކް ގްރޫޕުންނެވެ.

އައިޕީޔޫގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއަކީ އެ ޔޫނިއަންގެ ދާއިމީ އެއް ކޮމިޓީ އެވެ. ކޮމިޓީގެ ބައްދުވުންތައް އޮންނާނީ ޔޫނިއަންގެ އެސެމްބްލީތަކުގަ އެވެ. އެއީ އަހަރަކު ދެ ފަހަރު ބާއްވާ ކޮމިޓީ ބައްދަލުވުމެކެވެ.

ޖީހާން ކޮމިޓީއަށް އިންތިހާބުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީގުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޓްވީޓެއް ކުރައްވައި މަރުހަބާ ދަންނަވާފަ އެވެ. އެމަނިކުފާނު ވަނީ، ކޮމިޓީއަށް ޖީހާން އައްޔަނު ކުރަން ވޯޓު ދެއްވި ހުރިގާ ގަމަކަށް ޝުކުރު ދަންނަވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ހައްގުތަކަށް ވަކާލާތު ކުރެއްވުމުގައި ޖީހާން ފަސްޖެހިވަޑައި ނުގަންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ޖީހާން، އައިޕީޔޫގެ ޑިމޮކްރަސީ ނެޓްވޯކަށް އިންތިހާބުކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އެ މުއްދަތު ހަމަވާނީ 2023 ގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: